އެއްވެސް ކައިވެންޏަކީ މައްސަލަތަކެއް ނުޖެހި ކުރިިޔަށް ދާނެ ކައިވެންޏެއް ނޫނެވެ. ދެމަފިރިންގެ ދެމެދުގައި ކަންކަމުގައި ހިޔާލުތަފާތުވާތަން އުފެދޭނެ އެވެ.
ދެމަފިރިން ކަންކަމުގައި ދެބަސްވެ ޒުވާބު ކުރުމަކީ ސިއްހަތަށް ފައިދާ ކުރާ ކަމެއްކަމަށްވެ އެވެ. އެކަމަކު ދެ ބަސްވުންތައް ދިގުދެމި ކައިވެނި ރޫލުމާއި ހިސާބަށް ނުދާނެ ގޮތެއް ހެދުމަކީ ދިމަފިރިންގެވެސް ޒިންމާ އެކެވެ.
އެފަދަ ހާލަތަކަށް ހިނގައިދާނެ ކަމަށް ބަލައި ކުރެވިދާނެ ކަންކަން އެބަހުއްޓެވެ.
އޭގެ ތެރޭގައި ކިތަންމެ ހިތްހަމަ ނުޖެހިގެން ދެމީހުން ވާހަކަ ދެއްކިޔަސް ނިދާތަން ބަދަލު ކުރުމުގެ ވިސްނުން ގެންގުޅެގެން ނުވާނެ އެވެ. ދެމީހުން ވަކިން ނިދަން ފަށައިފި ނަމަ ވަރިވުމަށް ލިބޭ ހިތްވަރަކަށް ވެއެވެ.
އަބަދު ދެމީހުން ޒުވާބުކޮށް ދެބަސްވާން ޖެހުނަސް އެ ދެބަސްވުންތައް އެހާ ދިގު ދެމިގެން ނުދާނެ ގޮތެއް ފިރިމީހާ ނުވަތަ އަނބިމިހާ ހަދަން ޖެހޭނެ އެވެ. ކޮންމެސް އެކަކު ގޮތް ދޫކޮށް ހަމަޖެހިގެން ވާހަކަ ދައްކަން ފަށަން ޖެހޭނެ އެވެ.
ދެބަސްވާން ޖެހުނަސް ދެ ދެމަފިރިންގެ ދެމެދުގައި އިހްތިރާމް ކުރުން އޮންނަން ޖެހޭނެ އެވެ. އާންމުތަންތަނުގައި ދެބަސް ވުމާއި މީހުން ކުރިމަތީގައި ދެމީހުންގެ ދެމެދުގައި މައްސަލަ ޖެހިގެން އުޅޭކަން ދެއްކުމަކީ ކައިވެނި ނިމުމަކަށް ދިއުމަށް މަގުފަހިވާނެ ކަމެކެވެ.
ދެމަފިރިން ދެމެދުގައި އުފެދޭ ހިޔާލުތަފާތުވުންތަކުގައި އެކަކު އަނގައިން ނުބުނެ ހުރުމަކީވެސް ބައެއް ފަހަރު ކައިވެނިތައް ރޫޅެން ދިމާވާ ކަމެކެވެ. ހިޔާލުތަފާތުވާ ކަމެއް އުޅޭނަމަ ދެމީހުން އެކަމުގައި ވާހަކަދައްކައިގެން ހައްލު ހޯދަން ޖެހޭނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް