މަޝްހޫރު ކޮރެއޮގްރަފާ ސަރޯޖް ހާން މަރުވުމުން ބޮލީވުޑް ހިތާމާއިގައި

އިންޑިއާގެ މަޝްހޫރު ކޮރެއޮގްރާ ސަރޯޖް ހާން މަރުވީ އިއްޔެ ރޭގެ ވަގުތެއްގައި އެވެ. ހިތް ހުއްޓިގެން ސަރޯޖް މަރުވީ އުމުރުން71 އަހަރުގައި އެވެ. ސަރޯޖަކީ ބޮލީވުޑްގެ މަޝްހޫރު ފިލްމުތަކުގައި ފެނިގެން ގޮސްފައި...

04 Jul 2020 | 04:20

އިންޑިއާގެ މަޝްހޫރު ކޮރެއޮގްރާ ސަރޯޖް ހާން މަރުވީ އިއްޔެ ރޭގެ ވަގުތެއްގައި އެވެ.

ހިތް ހުއްޓިގެން ސަރޯޖް މަރުވީ އުމުރުން71 އަހަރުގައި އެވެ. ސަރޯޖަކީ ބޮލީވުޑްގެ މަޝްހޫރު ފިލްމުތަކުގައި ފެނިގެން ގޮސްފައިވާ ނެށުންތައް ދަސްކޮށްދީފައިވާ ކޮރެއޮގްރާފާ އެކެވެ،

ސަރޯޖް މަރުވުމުން ބޮލީވުޑްގެ މަޝްހޫރު ހުރިހާ ފަންނާނުންނެންހެން ދަނީ ހިތާމަ ފާޅުކޮށް ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުންނެވެ. އެގޮތުން ހުރިހާ ފަންނާނުން ވަނީ ސަރޯޖަކީ ހުނަރުން ފުރިގެންވާ ދެވަނައެއް ނެތް ނެޝުންތެރިއެއް ކަމަށާއި ނަށަން ދަސްކޮށްދިނުމުގައިވެސް ސަރޯޖް ވަރުގެ މީހަކު މަދުވާނެ ކަމަށް ބުނެފައި އެވެ.

އަދި ސަރޯޖް ވަކިވެގެން ދިއުމަކީ އަސަރު ކުރި ކަމެއް ކަމަށް ހުރިހާ ފަންނާނުން ބުނެފައިވެ އެވެ. ސަރޯޖް މަރުވުމުން ހިތާމަ ފަޅުކޮށް އެކަން ހާމަ ކުރި މީހުންގެ ތެރޭގައި ސައިފް އަލީ ހާން، މާދުރީ ޑިކްޝިތް، ޝާރުކް ހާން، ކަރިޝްމާ ކަޕޫރު، ކަރީނާ ކަޕޫރު، ސަލްމާން ހާން ހިމެނެ އެވެ.

ސަރޯޖްގެ ކޮރެއޮގްރަފީ ވިދާލާފައިވަނީ 1980 ގެ އަހަރުތަކުގައި އެވެ. އޭނާގެ މަޝްހޫރުކަން 40 އަހަރި ހިފަހައްޓާލެވިފައިވާއިރު އެ މުއްދަތުގެ ތެރޭގައި ލިބިފައިވަނީ ގައުމީ ފެންވަރުގެ ފާހަގަ ކޮށްލެވޭ އެންމެ ތިން އެވޯޑެވެ.

ސަރޯޖް މަރުވި އިރު ފިރިމީހާ އާއި ފިރިހެން ދަރިއަކާއި ދެ އަންހެން ދަރިން އެބަތިއްބެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް