ތަރައްގީގެ އެޖެންޑާއާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށް ރައީސާއި، މަޖިލީހުގެ ރައީސް ބައްދަލު ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބައްދަލު ކުރައްވައިފި އެވެ. މި ބައްދަލު ކުރެއްވުން އޮތީ ރައީސްގެ ރަސްމީ ގެކޮޅު މުލިއާ ގޭގައި އެވެ. މި ބައްދަލުވ...

04 Jun 2020 | 18:26

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބައްދަލު ކުރައްވައިފި އެވެ.

މި ބައްދަލު ކުރެއްވުން އޮތީ ރައީސްގެ ރަސްމީ ގެކޮޅު މުލިއާ ގޭގައި އެވެ.

މި ބައްދަލުވުމާއި ގުޅޭގޮތުން ރައީސް ސޯލިހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ތަރައްގީގެ އެޖެންޑާ ތަންފީޒުކުރުމުގައި މުހިއްމު އަމާޒުތަކާއި އިސްކަންދޭންވީ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ. އެގޮތުން މިހާރު ކުރިޔަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވެ އެވެ.

ރައީސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ އެ ސިޔާސަތުތައް ތަންފީޒު ކުރުމުގައި މުހިންމު ދައުރެއް އަދާ ކުރާ މުއައްސަސާއެއް ކަމަށެވެ. އަދި ދިވެހިންނަށްޓަކައި ސަރުކާރާއި މަޖިލީސް އެކުގައި ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

https://twitter.com/ibusolih/status/1268579321234329600

ބައްދަލުވުމުގައި ދެބޭފުޅުން ތިއްބެވީ ކޯވިޑް-19 އިން ރައްކާތެރިވުމަށް މާސްކު އަޅުއްވައިގެންނެވެ.

އެކަމަކު ބައްދަލުވުމުގެ ކުރިން މުލިއާގޭ ބޭރުން ސައިކަލުގައި ދިޔަ މީހަކު މަޑުކޮށް ވާހަކަފުޅު ދައްކަވާފައިވާތަން ފޮޓޯއިން ފެނެ އެވެ. އެވަގުތު މާބޮޑު ގައިދުރު ކަމެއް އެމީހާ އައި ރައީސް ނަޝީދާއި ދެމެދު ނެތް އިރު. ކޯވިޑު ފެތުރުން ކޮންޓްރޯލް ކުރުމަށް މަގުމަތީގައި މީހުންނާއި ވާހަކަ ދައްކަން މަޑު ނުކުރުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް