ހަތަރު މީހުން ރަނގަޅުވެ، 20 އަށްވުރެ ގިނަ މީހުން ޕޮސިޓިވްވެއްޖެ

ރާއްޖެއިން މިއަދު ކޯވިޑް-19 އަށް 22 މީހަކު ޕޮސިޓިވް ވެއްޖެ އެވެ. އެޗްޕީއޭއިން އާންމު ކުރި މައުލޫމާތުތަކުގައި ވާގޮތުން މިއަދު ޕޮސިޓިވްވެފައިވަނީ ނުވަ ދިވެހިންނެވެ. ބިދޭސީންގެ ތެރެއިން ޕޮސިޓިވްވެފައިވަނ...

04 Jun 2020 | 17:59

ރާއްޖެއިން މިއަދު ކޯވިޑް-19 އަށް 22 މީހަކު ޕޮސިޓިވް ވެއްޖެ އެވެ.

އެޗްޕީއޭއިން އާންމު ކުރި މައުލޫމާތުތަކުގައި ވާގޮތުން މިއަދު ޕޮސިޓިވްވެފައިވަނީ ނުވަ ދިވެހިންނެވެ. ބިދޭސީންގެ ތެރެއިން ޕޮސިޓިވްވެފައިވަނީ ބަންގްލަދޭޝްގެ 10 މީހަކާއި އިންޑިއާގެ ތިން މީހެކެވެ.

ކޯވިޑް ޖެހިގެން ފަރުވާ ހޯދަމުން ދިޔަ މީހުންގެ ތެރެއިން މިއަދު ރަނގަޅުވެފައިވަނީ ހަތަރު މީހުންނެވެ. މިއާއި އެކު ޖުމްލަ ރަނގަޅުވި މީހުންގެ އަދަދު ވަނީ 648 އަށް އިތުރުވެފައި އެވެ. އެއީ ޕޮސިޓިވްވި މީހުންގެ ތެރެއިން 34.6 ޕަސެންޓު މީހުންނެވެ.

ބައްޔަށް މިހާރު ފަރުވާ ދެވެމުންދަނީ 1،215 މީހުންނަށެވެ. އެޗްޕީއޭއިން ބުނެފައިވާ ގޮތުގައި ކޮންމެ ދުވަހަކު ޕޮސިޓިވްވާ މީހުންގެ އަދަދު 30-50 އާއި ދެމެދު ހިފެހެއްޓިއްޖެ ނަމަ އެއީ މާލޭގެ އާބާދީއަށް ބަލާއިރު ކޮންޓްރޯލް އަދަދެއް ކަމަށެވެ.

މިއަދު ޕޮސިޓިވްވި 22 މީހުންނާއި އެކު ރާއްޖޭގައި ކޯވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 1،872 އަށް އަރާފައި އެވެ. އޭގެ ތެރެއިން ހަތް މީހަކު ވަނީ ބަލީގައި މަރުވެފައި އެވެ.

މަރުވެފައިވަނީ ހަތަރު ދިވެހިންނާއި ތިން ބަންގްލަދޭޝް މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް