ކޯވިޑް-19 އަށް ޓެސްޓް ކުރުމުގެ ހުއްދަ އައްޑޫ އެއިމްސް ކްލިނިކަށް ނުދިން

އައްޑޫގައި ހިންގަމުން އަންނަ އަމިއްލަ ކްލިނިކެއް ކަމުގައިވާ އެއިމްސް ކްލިނިކުން، ކޯވިޑް-19 އަށް ޓެސްޓް ކުރުމުގެ ހުއްދައަށް ސަރުކާރުގައި އެދުމުން ސަރުކާރުން އެ ހުއްދަ ނުދޭން ނިންމައިފިއެވެ. މިކަމާއި ގު...

04 Jun 2020 | 14:25

އައްޑޫގައި ހިންގަމުން އަންނަ އަމިއްލަ ކްލިނިކެއް ކަމުގައިވާ އެއިމްސް ކްލިނިކުން، ކޯވިޑް-19 އަށް ޓެސްޓް ކުރުމުގެ ހުއްދައަށް ސަރުކާރުގައި އެދުމުން ސަރުކާރުން އެ ހުއްދަ ނުދޭން ނިންމައިފިއެވެ.

މިކަމާއި ގުޅޭގޮތުން އެއިމްސްގެ އަދި ހެޕީ މާކެޓްގެ މެނޭޖިން ޑިރެކްޓަރ، ރިޓަޔަޑް އަލީ އިހްސާން ވިދާޅުވީ އެ ހުއްދައަށް އެދުމުން، ހުއްދަ ދެވެން ނެތްކަން ހެލްތު މިނިސްޓްރީން އަނގަބަހުން އަންގާފައިވާކަމަށެވެ. އަދި އެ ހުއްދަ ނުލިބުމުން، އެކަމަށް އެ ކްލިނިކުން ފެށި މަސައްކަތް މިހާރު ހުއްޓާލާފައިވާކަމަށް އިހްސާން ވިދާޅުވެފައިވެއެވެ.

އެއިމްސް ކްލިނިކަކީ 2015 އިން ފެށިގެން އައްޑޫގައި ހިދުމަތް ދެމުން އަންނަ ކްލިނިކެކެވެ. އެ ކްލިނިކުން މަސައްކަތް ކުރަމުންދިޔައީ ކޯވިޑް-19 އަށް އެންޓި ބޮޑީ ޓެސްޓިން ހެދޭނެ އިންތިޒާމު އެ ކްލިނިކުގައި ގާއިމް ކުރުމަށެވެ. އެ މަސައްކަތް އެ ކްލިނިކުން ފަށާފައިވަނީ މިދިޔަ މަހުގެ 28ގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް