7000 ފުލެޓަށް ހޮވުނު ފަރާތްތަކުގެ ލިސްޓްފައިނަލް ކުރުމުގެ މަސައްކަތް ޖުލައި މަހުގެ ނިޔަލަށް ނިންމުމަށް ދަނީ މަސައްކަތްކުރަމުން ކަމުގައި މިނިސްޓަރު އާތިފާ ޝަކޫރު ވިދާޅުވެއްޖެއެވެ.
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އާބަން ޑިވެލޮޕްމަންޓްގެ މިނިސްޓަރު އާތިފާ މިހެން ވިދާޅުވީ ކޯވިޑް 19އާ ގުޅިގެން މިނިސްޓްރީ އޮފް ހައުސިން އެންޑް އާބަން ޑިވެލޮޕްމެންޓްގެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް، ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން މިއަދު ކުރިޔަށް ގެންދިޔަ ބައްދަލުވުމުގައި، މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
އޭގެ ފަހުން އެ މިނިސްޓްރީން ކުރި ޓްވީޓެއްގައި މިކަމުގެ މައުލޫމާތު އިތުރަށް ހިމަނައި، ބުނެފައިވަނީ އަމާޒަކީ ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވެފަ ވާފަދައިން މިއަހަރު ނިމުމުގެ ކުރިން ހިޔާ މަޝްރޫގެ ފްލެޓް ތައް ހަވާލުކޮށް ނިންމުން ކަމަށެވެ.
https://twitter.com/MoHUDmv/status/1268508566211530753
ކޮމިޓީގައި މިނިސްޓަރު އިތުރަށް ވިދާޅުވީ 7000 ފްލެޓަށް ކުރިމަތިލާފައިވާ 25،000 މީހުންގެ ކްރޮސްޗެކް ކުރުމުގެ މަސައްކަތްވެސް މިނިސްޓްރީން ކުރިޔަށްގެންދާ ކަމަށާއި ސަރުކާރު ދެން ހުޅުވޭއިރު، އެ މަސައްކަތްވެސް ނިންމައި ކޮމިޓީއަށް ފޮނުވޭނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް