ވިޔަފާރި ހުއްދަތައް ފުލުހުންގެ ޕޯޓަލް މެދުވެރިކޮށް ދޭ ގޮތަށް ބަދަލުކޮށްފި

ވިޔަފާރިތަކުން ނަގަން ޖެހޭ ހުއްދަ ހޯދުމަށް މާލޭ ސިޓީ ކައުންސިލްގެ ޕޯޓަލް މެދުވެރިކޮށް ހުށަހަޅަން ޖެހޭ ގޮތަށް އޮތް އޮތުން ބަދަލުކޮށްފި އެވެ. ފުލުހުންގެ އިދާރާއިން ބުނީ މިހާރު އެ ހުއްދަ ދޫކުރާނީ ފުލުހުނ...

04 Jun 2020 | 08:20

ވިޔަފާރިތަކުން ނަގަން ޖެހޭ ހުއްދަ ހޯދުމަށް މާލޭ ސިޓީ ކައުންސިލްގެ ޕޯޓަލް މެދުވެރިކޮށް ހުށަހަޅަން ޖެހޭ ގޮތަށް އޮތް އޮތުން ބަދަލުކޮށްފި އެވެ.

ފުލުހުންގެ އިދާރާއިން ބުނީ މިހާރު އެ ހުއްދަ ދޫކުރާނީ ފުލުހުން ކަމަށެވެ. އަދި ފުލުހުންގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް ވިޔަފާރިތަކުން ނަގަން ޖެހޭ ހުއްދައަށް އެދެވޭނެ ކަމަށް ބުނެފައިވެ އެވެ. އޮންލައިން ޕޯޓަލްގައި ބިޒްނަސް ކެޓަގަރީ ހިމަނާފައިވާ ކަމަށް ބުނެފައިވެ އެވެ.

މިދިޔަ މަހުގެ 29 ގަައި ފުލުހުންނާއި މާލޭ ސިޓީ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ވިދާޅުވެފައިވަނީ ވިޔަފާރިތަކާ ގުޅިގެން ނަގާ ހުއްދަތަކަށް އެދެން ޖެހޭނީ ސިޓީ ކައުންސިލްގެ ޕޯޓަލް މެދުވެރިކޮށް ކަމަށެވެ. އެކަމަކު އެ ހުށަހެޅުންތަކުގެ ސައްހަކަން ކަށަަވަރުކުރުމަށް ފަހު ހުއްދަ ދޭނީ ފުލުހުން ކަމަށެވެ.

މި ބަދަލު ގެނައި ސަބަބެއް ނޭނގެ އެވެ. ކުރީގެ އެންގުމާ އެއްގޮތަށް ވިޔަފާރި ހުއްދަ ހޯދަން ސިޓީ ކައުންސިލްގެ ޕޯޓަލް އަށް ހުށަހެޅި ބައެއް މީހުންނަށް ކައުންސިލުން ފޮނުވާފައިވާ މެސެޖެއްގައި ބުނެފައި ވަނީ ފުލުހުންގެ ޕޯޓަލްގައި ބިޒްނަސް ކެޓަގަރީ މިހާރު ހިމަނާފައިވާނެ ކަމަށާއި އެ ޕޯޓަލް މެދުވެރިކޮށް އެ ހުއްދަ އަށް އެދެވޭނެ ކަމަށެވެ.

މިބަދަލު ގެނެސްފައި މިވަނީ ސިޓީ ކައުންސިލުން ހުއްދަ ހޯދަން ހުށަހަޅައިގެން ވަކި ބަޔަކަށް އިސްކަންދީ، ހުއްދައަށް އެދޭ ތަރުތީބުން އެކަން ކުރަމުންނުދާ ކަމަށް ބުނެ ޝަކުވާ އިތުރުވެފައި ވަނިކޮށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް