ކޯވިޑް-19ގެ މި ހާލަތުގައިވެސް ކޮންމެހެން ކުރަންޖެހޭ ކަންތައްތައް ކުރުމަށް ހަފްތާއަކު ދެ ދުވަހު އިލެކްޝަންސް ކޮމިޝަން ހުޅުވަން ނިންމައި އެކަން ހާމަކޮށްފިއެވެ.
މިކަން ހާމަކޮށް އިލެކްޝަންސުން ނެރެފައިވާ ދެންނެވުމުގައި ބުނެފައިވަނީ 31 މެއި އިން ފެށިގެން 11 ޖޫންގެ ނިޔަލަށް ސަރުކާރުގެ އޮފީސްތައް ހުޅުވުމަށް ރައީސުލްޖުމްހޫރިއްޔާ ދަންނަވާފައިވާތީ، އިލެކްޝަންސް ކޮމިޝަން ހަފްތާއަކު ދެ ދުވަހު ހުޅުވަން ނިންމީ ކޮންމެހެން ކުރަންޖެހޭ ކަންކަން ކުރުމަށް ކަމަށެވެ.
އެގޮތުން ހުޅުވަން ނިންމާފައިވަނީ ހޯމަ އަދި ބުދަ ދުވަހުގައެވެ. ހުޅުވާފައި ހުންނާނީ ހެނދުނު 11:00 އިން މެންދުރު 2:00 އަށް ކަމުގައި އީސީން ބުނެއެވެ.
އަދި ސަރުކާރު އޮފީސްތަކާއި އާންމު ފަރާތްތަކުން މި ކޮމިޝަނަށް ފޮނުއްވަންޖެހޭ ލިޔެކިޔުންތައް ކޮމިޝަންގެ އީ-މެއިލް އަދި އީ-ގަވަރމަންޓް (ޖެމްސް) [email protected] މެދުވެރިކޮށް ފޮނުވޭނެ އިންތިޒާމުވެސް ހަމަޖެހިފައިވާކަމަށް އީސީން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް