ކޯވިޑް-19: މިއަދު އިތުރު 14 މީހަކު ޕޮޒިޓިވް ވެއްޖެ

ކޯވިޑް-19 އަށް ރާއްޖެއިން މިއަދު އިތުރު 14 މީހަކު ޕޮޒިޓިވް ވެއްޖެއެވެ. މިއަދު ޕޮޒިޓިވް ވި ކޭސްތަކުގެ އެއްވެސް މައުލޫމާތެއް އަދި އެޗްޕީއޭއިން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ގައުމާ މުހާތަބުކުރައްވައި...

04 May 2020 | 15:10

ކޯވިޑް-19 އަށް ރާއްޖެއިން މިއަދު އިތުރު 14 މީހަކު ޕޮޒިޓިވް ވެއްޖެއެވެ.

މިއަދު ޕޮޒިޓިވް ވި ކޭސްތަކުގެ އެއްވެސް މައުލޫމާތެއް އަދި އެޗްޕީއޭއިން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ގައުމާ މުހާތަބުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވީ ރާއްޖޭން "ކޯވިޑް-19" ފެނުނު ފަހުން، މިހާތަނަށް 541 މީހަކަށް އެބަލި ޖެހިއްޖެ ކަމަށާއި އެއީ 185 ދިވެހިންނާއި 356 ބިދޭސީން ކަމަށެވެ. އަދި މިހާރު އެ ބައްޔަށް ފަރުވާ ހޯދަމުން އަންނަ 523 މީހުންގެ ތެރެއިން، ވަރަށް މަދު މީހެއް ފިޔަވައި، އެންމެންގެ ޙާލުވެސް ޖުމްލަ ގޮތެއްގައި ރަނގަޅު ކަމުގައިވެސް ރައީސް ސޯލިހް ވިދާޅުވިއެވެ.

ރެއާއި ހަމައަށް އެޗްޕީއޭއިން ހާމަކޮށްފައިވަނީ 527 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާކަމަށެވެ. އިތުރު 14 ކޭސްއެއްގެ ވާހަކަ ރައީސް ވިދާޅުވިނަމަވެސް އެ ކޭސްތައް ނިސްބަތްވަނީ ކޮންކޮން ކްލަސްޓާތަކަކަށްކަން އަދި އެނގިފައެއް ނުވެއެވެ. ބެލެވޭ ގޮތުގައި އެ މައުލޫމާތުތައް ހާމަކުރާނީ މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް