އެމް.އެން.ޑީ.އެފް ސަރވިސް ކޯޕސް ގެ ސިގްނަލްސް އިން ނޭޝަނަލް އެމަޖެންސީ ސެންޓަރަށް ބޭނުންވާ އެމަޖެންސީ ވެންޓިލޭޓަރެއް އުފައްދާފިއެވެ.
އެމްއެންޑީއެފުން ބުނެފައިވާގޮތުގައި މި ވެންޓިލޭޓާރުގެ އުފެއްދުމުގެ މަސައްކަތް ސިގްނަލް އިން ފަށާފައިވަނީ 18 އޭޕްރީލް 2020 ވަނަ ދުވަހުއެވެ. ހަލާކުވެފައިވާ ބައެއް އިލެކްޓްރޯނިކް އިކުއިޕްމަންޓްސްގެ ބައިތައް ބޭނުންކޮށްގެން މި ވެންޓިލޭޓަރުގެ މަސައްކަތް 14 ދުވަހުގެ ތެރޭގައި ވަނީ ނިންމާފައެވެ.
މިއަދު ބީކޭ އޮޑިޓޯރިއަމްގައި ވެންޓިލޭޓަރު ދައްކާލުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޒާ މާރިޔާ އަޙްމަދު ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނަރަލް އަބްދުﷲ ޝަމާލް އަދި ވައިސްޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނަރަލް އަބްދުއްރަހީމް އަބްދުއްލަތީފް ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި ތައްޔާރު ކުރެވުނު އެމަޖެންސީވެންޓިލޭޓަރކީ ޕްރޮޓޯޓައިޕް އަކަށް ވުމުން މިފަދަ މެޑިކަލް ޑިވައިސްތައް ބޭނުން ކުރުމުގެ ކުރިން ހަމަޖެހިފައިވާ އުސޫލުން ޓެސްޓްތަކާއި ޓްރައަލްސްތައް ކުރިއަށްގެންދާ ގޮތަށް ވަނީ ހަމަޖެހިފައި ކަމުގައި ސިފައިން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް