ރާއްޖޭގައި ތިބި ތައިލެންޑު މީހުން އަނބުރާ ގެންދަން މޯލްޑިވިއަންގެ ޗާޓާޑް ފްލައިޓެއް ބާއްވައިފި އެވެ.
މިއަދު ކުރި މި ދަތުރަކީ މޯލްޑިވިއަން އިން ތައިލެންޑަށް މީހުން ގެންދަން ބޭއްވި ދެ ވަނަ ޗާޓާޑް ފްލައިޓެވެ.
މި ފްލައިޓުތަކަކީ ކޯވިޑް-19 އާއި ގުޅިގެން އަނބުރާ ގައުމަށް ނުދެވި ތާށިވެފައި ތިބި ތައިލެންޑު ރައްޔިތުން ގެންދިއުމަށް ރާއްޖޭގައި ހުންނަ ތައިލެންޑުގެ ކޮންސިއުލޭޓުން ހަމަޖެއްސި ފްލައިޓެކެވެ. މިއަދުގެ ފްލައިޓުގައި131 މީހަކު ފުރި އެވެ.
މި އެންމެންނަކީ ރާއްޖޭގައި ވަޒީފާ އަދާ ކުރަމުންދިޔަ މީހުންނެވެ.
މީގެ ކުރިންވެސް މޯލްޑިވިއަންއިން ވަނީ ރާއްޖޭގައި ތިބި އެހެން ގައުމުތަކުގެ ޓޫރިސްޓުންނާއި ވަޒީފާ އަދާ ކުރާ މީހުން އެމީހުންގެ ގައުމުތަކަށް ގެންދިއުމަށް ޗާޓާޑް ފްލައިޓުތައް ބާއްވާފަ އެވެ. އަދި ކޯވިޑް އާއި ގުޅިގެން ރާއްޖެ ނާދެވި ތާށިވެފަ ތިބި ދިވެހިން ގެނައުމަށްވެސް ފްލައިޓުތައް ބާއްވާފައިވެ އެވެ.
މީގެ އިތުރުން ރާއްޖެއަށް ގެންނަން ޖެހޭ ކާގޯ ގެނައުމަށް މޯލްޑިވިއަންއިން ދަނީ ހަފްތާއަކު ފަސް ފްލައިޓު އެކި ގައުމުތަކަށް ކުރަމުންނެވެ. އަދި އަތޮޅު ތެރެއަށްވެސް އެ އެއާލައިނުން ދަނީ ކާގޯ ފްލައިޓުތައް ބާއްވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް