ގއ. ވިލިނގިލީ ބަނދަރުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ނިންމައިފި އެވެ.
މި މަސައްކަތް ކުރަނީ އެމްޓީސީސީންނެވެ. އެ މަސައްކަތް ޕްލޭނިން މިނިސްޓްރީން އެ ކުންފުންޏާއި ހަވާލުކޮށްފައި ވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގަ އެވެ.
އެމްޓީސީސީން ބުނީ މި މަސައްކަތް އެ ކުންފުނިން ފެށީ މިދިޔަ ޑިސެމްބަރު މަހު ކަމަށެވެ. އަދި މި ޕްރޮޖެކްޓް ނިންމިފައި ވަނީ މިދިޔަ މަހުގެ 17 ވަނަ ދުވަހު ކަމަށެވެ.
މި ޕްރޮޖެކްޓުގެ ދަށުން އެ ކުންފުނިން ވަނީ ވިލިނގިލީ ބަނދަރުގެ ފަޅުން 7,985 ކިއުބިކް މީޓަރު ސަރަހައްދެއް ފުންކޮށްފައި އެވެ. އަދި 346 މީޓަރުގެ ބްރޭކްވޯޓާލުމާއި 30 މީޓަރުގެ ބްރިޖެއްގެ އިތުރުން ނެރު ބައްތި ހަރުކޮށްފައި އެވެ.
މި ޕްރޮޖެކްޓަކީ 10.6 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
އެމްޓީސީސީން ބުނީ ކޯވިޑް-19 އާއި ގުޅިގެން ގައުމު ނާޒުކު ހާލަތަކަށް ގޮސްފައި ވީނަމަވެސް އެ ކުންފުނިން ކުރިޔަށް ގެންދާ މަޝްރޫއުތަކަށް ހުއްޓުމެން ނާންނާނެ ކަމަށެވެ. އަދި ކަނޑައަޅާފައިވާ ތާރީހުތަކަށް ނިންމުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް