މާޕް އިން 'ޕޯސްޓް ކޮރޯނާވައިރަސް އެޗް.އާރ ސްޓްރެޓެޖީ" ވެބިނަރ ސެޝަންތަކެއް ބާއްވަނީ

މޯލްޑިވްސް އެސޯސިއޭޝަން އޮފް އެޗްއާރު ޕްރޮފެޝަނަލްސް (މާޕް) އިން ވެބިނަރ ސީރީޒްތަކަކާއި އޮންލައިން ވޯކްޝޮޕްތަކެއް ހިންގުމަށް ވަނީ ތައްޔާރުވެފައެވެ. މި ސެޝަންތަކުގެ އެންމެބޮޑު މަޤްސަދަކީ ކޮރޯނާ ވައިރަސ...

04 May 2020 | 07:48

މޯލްޑިވްސް އެސޯސިއޭޝަން އޮފް އެޗްއާރު ޕްރޮފެޝަނަލްސް (މާޕް) އިން ވެބިނަރ ސީރީޒްތަކަކާއި އޮންލައިން ވޯކްޝޮޕްތަކެއް ހިންގުމަށް ވަނީ ތައްޔާރުވެފައެވެ. މި ސެޝަންތަކުގެ އެންމެބޮޑު މަޤްސަދަކީ ކޮރޯނާ ވައިރަސްގެ މި ހާލަތުގައި ގޭގައި ބަންދުވެފައިތިބި ފަރާތްތައް، ޚާއްސަކޮށް އެޗް.އާރު ކޮމިއުނިޓީ، ފައިދާހުރި މިފަދަ ކަމެއްގައި އެންގޭޖްކޮށް ތިބެވޭނެ ފުރުސަތު ހޯދައިދިނުމެވެ.

މިގޮތަށް ބޭއްވިގެންދާ ފުރަތަމަ ސެޝަން މެއި މަހުގެ 11 ވަނަ ދުވަހު ނަންގަވައިދެއްވާނީ މަޝްހޫރު ގްލޯބަލް ކީނޯޓް ސްޕީކަރ އޮން ގްރެޓިޓިއުޑް، ހެޕިނަސް އެންޑް ޕްރޮޑަކްޓިވިޓީ އަދި ރައިޓަރ ޝާނަޗީނޯ އެވެ. ޝާނަޗީނޯ މިހާތަނަށް ވަނީ ތަފާތު 12 ފޮތް  ކާމިޔާބުކަމާއެކު ޕަބްލިޝް ކޮށްފައިވެއެވެ.

ދެވަނަ ވެބިނަރ މެއި 27 ވަނަ ދުވަހު ބޭއްވިގެންދާނީ " އިމޯޝަނަލް އިންޓެލިލިޖެންސް – އެން އެސެންޝިއަލް ސްކިލް ޓު ލީޑް ތްރޫ ކޮވިޑް" މި ނަމުގައެވެ. މިސެޝަން ނަންގަވައިދެއްވާނީ މީހުން ބިނާކުރުމުގެ ދާއިރާއިން މަޝްހޫރު ކޯޗް ކަމުގައިވާ ސާރާ ބަލިންގަރ އެވެ.

މާޕްއިން އިތުރަށް ބޭއްވުމަށް ހަމަޖެހިފައިވާ އިތުރު އިވެންޓް ތަކުގެ ތެރޭގައި ޖޫންމަހު ބޭއްވުމަށް ހަމަޖެހިފައިވާ އޮންލައިން އެޗް.އާރ ސަމިޓް ހިމެނެއެވެ. މި ސަމިޓްގައި ރާއްޖެ އާއި ރާއްޖޭން ބޭރުގެ މަޝަހޫރު ފަރާތްތަކުން، މުހިއްމު މައުލޫތަކަށް ސެޝަންތައް ނަންގަވައިދެއްވާނެއެވެ. އޭގެ ތެރޭގައި:

Future of work post Covid-19-

What HR professionals can learn from Covid-19-

How well we can prepare for future force majeure-

Leadership qualities for crisis management-

މި ސަމިޓާއި ބެހޭއިތުރު މައުލޫމާތު އަވަސް މުއްދަތެއްގެ ތެރޭގައި ހާމަކުރާނެކަމަށް މާޕް އިން ބުނެއެވެ.

ކުރިޔަށް ރޭވިފައިވާ ހަރަކާތްތަކާ ބެހޭގޮތުން ވާހަކަ ދައްކަވަމުން މާޕްގެ ރައީސް އަދި ލަކްސް ރިސޯޓްގެ ރީޖަނަލް ޑައިރެކްޓަރ ޓްރެއިނިންގ އެންޑް ޑިވެލޮޕްމަންޓް ހުސައިން އަފީފް ވިދާޅުވީ  "ދުނިޔެއަށް ދިމާވެފައިވާ މި ހާލަތުގައި، އެޗް.އާރ ޕްރޮފެޝަނަލުން ދެއްތޯ ވާންޖެހޭނީ ކޮމިއުނިޓީއަށް އެންމެބޮޑަށް ހިތްވަރުދޭން ތިބޭ ބަޔަކަށް. އެގޮތުން ކުރިޔަށް ރޭވިފައިމިވާ  ސެޝަންތަކުން ވަރަށް ފުރިހަމަ މައުލޫމާތު ލިބިގެންދާނެ. މާޕްގެ އަމާޒަކީ މިގޮތަށް އޮންލައިންކޮށް ބޭއްވިގެންދާ ސެޝަންތަކުން މާޕްގެ މެމްބަރުންނަށާއި މުޅި ކޮމިއުނިޓީއަށް އުގެނުމުގެ ތަފާތު ފުރުސަތުތައް ހޯދައިދިނުން " އަދި މި ފުރުސަތުގެ ބޭނުން އެންމެ އެދެވޭގޮތަށް އެންމެހާ ބޭފުޅުންވެސް ހިއްޕެވުމަށްވެސް އަފީފް އެދިވަޑައިގެންނެވި.

މާޕް އަކީ ހިއުމަން ރިސޯސްގެ ދާއިރާއަށް މީހުން ހޭލުންތެރިކޮށް މީހުން ބިނާކުރަން މަސައްކަތް ކުރުމަށް ރާއްޖޭގައި އުފެދުނު ފުރަތަމަ ޖަމިއްޔާއެކެވެ. ޖަމިއްޔާގެ މައިގަނޑު މަގްސަދަކީ އެޗްއާރ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް ތަފާތު ގޮތްގޮތުން އެހީތެރިވެ އެފަރާތްތަކަށް ބޭނުންވާ ފަހުގެ ރިސޯސްތައް ހޯދުމަށް އެހީތެރިވެދިނުމާއި ދާއިރާއާއިގުޅޭ ބޭރުގެ ފަރާތްތަކާ ގުޅުން ބަދަހި ކުރެވި މައުލޫމާތި ބަދަލުކުރެވޭނެ މަގުތައް ފަހިކޮށްދިނުމެވެ. އެގޮތުން ޖަމިއްޔާ އުފެދުނުތާ ދެ އަހަރު ވެފައިވާ އިރު، ދާއިރާއާއި ގުޅުންހުރި ތަފާތު ގިނަ ކާމިޔާބު ޕްރޮގްރާމްތަކެއް ވަނީ ހިންގާފައެވެ.

އެގޮތުން ޖަމިއްޔާއިން ވޭތުވެދިޔަ ދެއަހަރު ބޭއްވި ޚާއްސަ ހަރަކާތްތަކުގެ ތެރޭގައި ދުނިޔޭގައި އެންމެ ފާހަގަކޮށްލެވޭ އެއް ކަސްޓަމަރ އެކްސްޕީރިއަންސް ކޮންސަލްޓަންޓް، ރޮން ކޮފްމަން ލައިވް އިން މޯލްޑިވްސް، ދުނިޔޭގައި ފާހަގަކޮށްލެވޭ މޯޓިވޭޝާނަލް ސްޕީކަރ، ރޮބިން ބޭންކްސް ލައިވް އިން މޯލްޑިވްސް އިވެންޓްގެ އިތުރުން ޜާއްޖޭގައި ފުރަތަމަ ބޭއްވިގެންދިޔަ ނެޝަނަލް އެޗް.އާރ ކޮންވެންޝަން އެންޑް އެކްސްޕޯ އަދި ޜާއްޖޭގައި ފުރަތަމަ ބޭއްވިގެންދިޔަ ލާނިންގ އެންޑް ޑިވެލޮޕްމަންޓް ކޮންފަރެންސް ހިމެނިގެންދޭ.  މީގެ އިތުރުންވެސް ނޮލެޖް އަދި ބެސްޓް ޕްރެކްޓިސް ޝެއަރ ސެޝަންތައް އަހަރުގެ އެކި ހިސާބުތަކުގައި ވަނީ ބޭއްވިފައި.

މެއި މަހު ބޭއްވުމަށް ހަމަޖެހިފައިވާ އޮންލައިން ވެބިނަރ ތަކުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައެވެ. މާޕްއިން މައުލޫމާތުދޭގޮތުގައި މާޕްގެ ވެބްސައިޓުންނާއި ފޭސްބުކް ޕޭޖުން އިވެންޓްތަކުގެ މައުލޫމާތު ލިބިވަޑއިގަންނަވާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް