ރޯދައަށް ހުރެގެން ކުރެވިދާނެ ފަސޭހަ ކަސްރަތުތަކެއް!

ރޯދައަށް ހުރެގެން ކުރަން ބޭނުންވާނީ ހަށިގަނޑަށް މާގިނައިން ފެން ބޭނުން ނުވާ، ނޭވާލާން ފަސޭހަ އަދި އަވަހަށް ހަށިގަނޑުގެ މަސްތައް ދުއްވާލަދޭ ކަހަލަ ކަސްރަތެކެވެ. ތިރީގައި އެވަނީ ރޯދައަށް ހުރެގެން ހަށިގަ...

04 May 2020 | 07:24

ރޯދައަށް ހުރެގެން ކުރަން ބޭނުންވާނީ ހަށިގަނޑަށް މާގިނައިން ފެން ބޭނުން ނުވާ، ނޭވާލާން ފަސޭހަ އަދި އަވަހަށް ހަށިގަނޑުގެ މަސްތައް ދުއްވާލަދޭ ކަހަލަ ކަސްރަތެކެވެ.

ތިރީގައި އެވަނީ ރޯދައަށް ހުރެގެން ހަށިގަނޑު ވަރުގަދަކޮށްލާ ބަރުދަން ލުއިކޮށްލާ، ފުރިހަމަ ހަށިގަނޑެއްގެ ވެރިއެެއްގެ ގޮތުގައި ހުރުމަށް ކުރެވިދާނެ ފަސޭހަ ކަސްރަތުތަކެކެވެ. މިއީ ގޭގައި ހުންނަން މަޖުބޫރުވެފައިވާ މިފަދަ ދުވަސްވަރެއްގައި ގޭގައި ހުރެގެންވެސް ކުރެވިދާނެ ފަސޭހަ ކަސްރަތުތަކެކެވެ.

ބަރު އެއްޗެއް ހޯދާށެވެ. އެއްޗެއް އަޅާ ފުރިފައި ހުރި ބަރު އަތުން ހިފާލެވޭވަރުގެ ދެ ދަޅުވެސް ރަނގަޅުވާނެ އެވެ. ދެ އަތަށް ދެ ބަރު ލުމަށް ފަހު މަޑުމަޑުން އަތް ކުރިމައްޗަށް ވާގޮތަށް ނަގާށެވެ. ސީދަލަށް އަތް ބައިންދައިގެން އެ ބަރު ލޮލާއި ސީދާ ވަންދެން ކޮންމެ ފަހަރަކު ނަގަން ވާނެ އެވެ. މަދުވެގެން މެދުކެނޑުމެއް ނެތި10 ފަހަރު ނެގޭތޯ ބަލަން ވާނެ އެވެ.

ކަކޫ ލަންބާލުމަށް ފަހު އެއް ފައިގެ ކަކުލާއި އިނގިލި ތަކުގެ ކޮޅު ޖެހޭ ގޮތަށް ސީދާ ކޮށްލުމަށް ފަހު އިށީންނާނެވެ. އޭރަށް ހަށިގަނޑު އިންނަން ވާނީ އެ ފައި އިންނަހެން ވަރަށް ސީދާ ކޮށެވެ. ކުރިޔަށް އޮންނަ ފައިގެ ކަކޫ ލަންބާލުމަށް ފަހު ކަލުލުން ތިރި ސީދާކޮށްލައިގެން އިންނާށެވެ. މިހެން އިނދެގެން ކޮޓަރީގެ އެއް ކަނުން އަނެއް ކަނަށް ހިނގާށެވެ.

މޫނު ބިންމައްޗަށް ވާގޮތަށް އޮށޯންނާށެވެ. ދެން ފައި ހިއްލާލުމަށް ފަހު ހަމައެކަނި އިނގިލިތަކުގެ ކޮޅު ބިންމަތީގައި ޖައްސާށެވެ. އަނެއްކޮޅުން ބިންމަތީގައި ޖައްސާނީ އަތުގެ އުޅަނބޮށިން ފެށިގެން އަތް ތިލަ އާއި ދެމެދެވެ. އެހެން ސީދަލަށް އޮވެވޭ އެންމެ ގިނަ އިރަކު އޮންނާށެވެ. ވަރުބަލިވުމުން އޮށޯވެލުމަށް ފަހު އަނެއްކާވެސް އެހެން އޮންނާށެވެ. މަދުވެގެން ކޮންމެ ދުވަހަކު ތިން ފހަރު ކަސްރަތު ކުރާ ގަޑީގައި އެހެން އޮންނާށެވެ.

ހަމަ އެގޮތަށް ބަނޑުން އޮތުމަށް ފަހު މިފަހަރު ޖައްސާނީ ފައިގެ އިނގިލިތަކުގެ ކޮޅު އެކަންޏެވެ. އަނެއްކޮޅުން ޖައްސާނީ ހަމައެކަނި ދެ އަތް ތިލަ އެވެ. އެގޮތަށް އޮވެ ހަށިގަނޑު އެއްކޮށް ތިރިކޮށްލުމަށް ފަހު ނަގާނީ އެވެ. މަދުވެގެން10 ފަހަރު މި ކަސްރަތު ކުރަން ވާނެ އެވެ. މިކަސްރަތު ކުރާއިރު ފަސޭހަ ކޮށްލަން ކަކޫ ބިންމަތީގައި ޖައްސާލުމަކުން މައްސަލައެއް ނެތެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް