މާލެ ފިޔަވާ އެންމެ ގިނަ މީހުން ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވާ ށ. ނަރުދޫ ހިމެނޭ ގޮތަށް އެ އަތޮޅުން މިިހާތަނަށް117 މީހަކު ކޯވިޑަށް ޓެސްޓުކޮށްފި އެވެ.
ނަރުދޫއިން ކޯވިޑަށް ފުރަތަމަ ޕޮސިޓިވްވީ އެ ރަށު އަމާޒު ބޯޓުގެ ކެޕްޓަން އެވެ. އޭގެ ފަހުން އޭނާއި ގުޅުން ހުރި10 މީހަކު އެ ރަށުން ޕޮސިޓިވްވެފައިވާއިރު މިލަންދޫއިން ވަނީ އެ ބޯޓުގައި ދަތުރު ކުރި އެކަކު ޕޮސިޓިވްވެފައި އެވެ.
ށ. ފުނަދޫ އަތޮޅު ހޮސްޕިޓަލުން މައުލޫމާތު ދޭގޮތުގައި މިހާތަނަށް117 މީހަކު އެ އަތޮޅުން ޓެސްޓުކޮށްފައިވާއިރު12 މީހަކު ވަނީ ބައްޔަށް ޕޮސިޓިވްވެފައި އެވެ. ޓެސްޓު ކުރި މީހުންގެ ތެރެއިން75 މީހަކު ކޯވިޑަށް ނެގެޓިވް ވެފައިވާއިރު ނަތީޖާ ނުލިބޭ30 ސާމްޕަލްއެއް އެބަ އޮތެވެ.
އެއަތޮޅުގެ ހަ ރަށެއް އޮތީ މޮނިޓަރިންގެ ހާލަތުގައި އެވެ. އެއީ އަމާޒު ބޯޓު ބަނދަރުކޮށްފައިވާ ރަށްތައް ކަމަށްވާ، ށ. މާއުނގޫދޫ، ފުނަދޫ، ފީވަށް، މިލަންދޫ އަދި ނަރުދޫ އާއި ގޮއިދޫ އެވެ.
މީގެ އިތުރުން އެ ބޯޓުން މީހުން ދަތުރުކޮށްފައިވާތީ ޅައިމަގުވެސް މޮނިޓަރިންގެ ހާލަތަށް ގެނައެވެ. އެކަމަކު އެ ރަށުން ޓެސްޓު ކުރި ދެމީހުންގެ ނަތީޖާ ނެގެޓިވްވުމުން ރަށް ވަނީ މޮނިޓަރިންގެ ހާލަތުން ނަގާފަ އެވެ. ޅައިމަގުގެ އިތުރުން އެ ބޯޓުން ދަތުރު ކުރި މާއުނގޫދޫ މީހުންނާއި ފީވަކު މީހުންގެ އިތުރުން ފުނަދޫ އެންމެންގެ ނަތީޖާވެސް ވަނީ ނެގެޓިވް ވެފައި އެވެ.
މި ރަށްތަކުގެ އިތުރުން އެހެން ރަށްތަކުންވެސް ޝައްކު ކުރެވޭ މީހަކު ހުރި ނަމަ ދަނީ ސާމްޕަން ނަގަމުންނެވެ.
ށ. އަތޮޅުގެ އިތުރުން ނ. އަތޮޅު ހިމެނޭ ގޮތަށް އަމާޒު ބޯޓު ބަނދަރު ކުރި13 ރަށެއް އަދިވެސް އޮތީ މޮނިޓަރިންގެ ހާލަތުގައި އެވެ. އެކަމަކު މިލަންދޫ އާއި ނަރުދޫއިން ނޫނީ އެ ބޯޓުން ދަތުރު ކުރި މީހަކު މިހާތަނަށް ބައްޔަށް ޕޮސިޓިވްވެފައެއް ނުވެ އެވެ.
މިހާތަނަށް ރާއްޖެއިން527 މީހަކު ކޯވިޑަށް ޕޮސިޓިވްވެފައިވެ އެވެ. އަދި އެކަކު ވަނީ މި ބަލި ޖެހިގެން މަރުވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް