ކޯވިޑް-19 އަށް ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުން އަންނަ ޕޭޝަންޓަކު ވެންޓިލޭޓަރަށް ލާފައިވާއިރު ވެންޓިލޭޓަރަށް ލީ ފަހުން ހާލަތު އިތުރަށް ގޯސްވެގެން ނުދާކަމުގައި ޑރ. މުހައްމަދު އަލީ ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. މުހައްމަދު އަލީ ވިދާޅުވީ އައިސީޔޫގައި ފަރުވާދެމުން އަންނަ އުމުރުން 88 އަހަރުގެ ޕޭޝަންޓްގެ ހާލަތު ސީރިއަސް ވެގެން މިއަދު ވެންޓިލޭޓަރަށް ލާފައިވާކަމަށެވެ.
"ނޭވާލާ ހޮޅީގެ ވަށައިގެން ފެން ހެދި ނޭވާލާން އުނދަގޫވެގެން ހަށިގަނޑުގެ ތެރެއަށް އޮކްސިޖަން ވަނުން މަދުވަނީ، ނެކްސްޓް ސްޓެޕަކަށް މިއަދު މެންދުރެއް ހާއިރު އެނެސްތީސިއާ ޓީމްގެ ސަޕޯޓާއެކު މިހާރު ވަނީ ވެންޓިލޭޓާގަ" ޑރ. މުހައްމަދު އަލީ ވިދާޅުވިއެވެ.
ވެންޓިލޭޓަރުގައި ފަރުވާދެމުން އަންނަ ފަރާތަކީ ކޯވިޑް-19ގައި ނިޔާވި މަރްހޫމާގެ ފިރިމީހާއެވެ.
ޑީއެޗް11ަގައި މިހާރު ފަރުވާދެމުން އަންނަނީ ފަސް މީހަކަށެވެ. އޭގެ ތެރެއިން 80 އަހަރުގެ ފިރިހެން ޕޭޝަންޓަކު އޮތީ އޮކްސިޖަން ގުޅާފައި ކަމާއި 69 އަހަރުގެ ފިރިހެން ޕޭޝަންޓްގެ ހާލު ސްޓޭބަލް ކަމާއި، 48 އަހަރުގެ ބިދޭސީ ޕޭޝަންޓަކަށްވެސް އޮކްސިޖަން ދެމުން އަންނަކަމަށާއި 70 އަހަރުގެ އަންހެން މީހާގެ ހާލަތު ސްޓޭބަލް ކަމުގައިވެސް މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް