މިއަދު ވެކްސިން ފުރަތަމަ ޑޯޒު 3،147، ދެވަނަ ޑޯޒު 2،016 މީހުން ޖެހި

މިއަދު ރާއްޖެއިން ކޯވިޑް ވެކްސިން 5،163 މީހުން ޖަހައިފި އެވެ. އެޗްޕީއޭއިން ބުނީ މިއަދު ވެކްސިން ޖެހި މީހުންގެ ތެރެއިން 3،147 މީހުން ޖަހާފައިވަނީ ވެކްސިންގެ ފުރަތަމަ ޑޯޒެވެ. ކޮވިޝީލްޑްގެ ދެވަނަ ޑޯޒު ޖަ...

04 Apr 2021 | 18:42

މިއަދު ރާއްޖެއިން ކޯވިޑް ވެކްސިން 5،163 މީހުން ޖަހައިފި އެވެ.

އެޗްޕީއޭއިން ބުނީ މިއަދު ވެކްސިން ޖެހި މީހުންގެ ތެރެއިން 3،147 މީހުން ޖަހާފައިވަނީ ވެކްސިންގެ ފުރަތަމަ ޑޯޒެވެ. ކޮވިޝީލްޑްގެ ދެވަނަ ޑޯޒު ޖަހާފައިވަނީ 2،016 މީހުންނެވެ.

ކޯވިޑް ވެކްސިންގެ ފުރަތަމަ ޑޯޒު މިއަދު މާލޭގައި ޖެހ ީ390 މީހުންނެވެ. އަތޮޅު ތެރޭގައި ފުރަތަމަ ޑޯޒު ޖަހައިދީފަ ވަނީ 2،757 މީހުންނަށެވެ.

މިއަދު ވެކްސިން ޖެހި މީހުންގެ އަދަދާއި އެކު ކޯވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހި މީހުންގެ އަދަދު ވަނީ 246،896 އަށް އަރާފައި އެވެ.އަދި ދެވަނަ ޑޯޒު ޖެހި މީހުންގެ އަދަދުވަނީ 3،737 އަށް އަރާފައެވެ.

ރާއްޖޭގައި ކޯވިޑް-19 ވެކްސިން ދޭންފެށީ މިދިޔަ ފެބްރުއަރީ މަހުގެ އެއް ވަނަ ދުވަހު އެވެ.

މާލެގެ ނުވަ ސެންޓަރަކާއި ދެ މޮބައިލް ޓީމް ވެކްސިން ދިނުމުގައި ހަރަކާތްތެރިވެ އެވެ. އަތޮޅު ތެރޭގައި ވެކްސިން ދީފައިވަނީ 237 ސެންޓަރެއްގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް