ދެވަނަ ޑޯޒު ޖަހާފަ ވެކްސިން ކާޑު ލެމިނޭޓް ކުރަން މަޑުކޮށްލާ: ޑރ. ނަޒްލާ

ކޯވިޑް-19 ދިފާއު ވެކްސިން ޕްރޮގްރާމްގެ ދަށުން ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހުމަށް ފަހު ވެކްސިން ކާޑު ލެމިނޭޓް ކުރާ މައްސަލަ ދިމާވާން ފަށައިފި އެވެ. ރާއްޖޭގައި ކޯވިޑް-19 ވެކްސިން ދޭން ފެށީ މިދިޔަ ފެބްރުއ...

04 Apr 2021 | 18:03

ކޯވިޑް-19 ދިފާއު ވެކްސިން ޕްރޮގްރާމްގެ ދަށުން ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހުމަށް ފަހު ވެކްސިން ކާޑު ލެމިނޭޓް ކުރާ މައްސަލަ ދިމާވާން ފަށައިފި އެވެ.

ރާއްޖޭގައި ކޯވިޑް-19 ވެކްސިން ދޭން ފެށީ މިދިޔަ ފެބްރުއަރީ މަހުގެ އެއް ވަނަ ދުވަހު އެވެ. އިއްޔެ ވެކްސިންގެ ދެ ވަނަ ޑޯޒު ދޭން ފަށާފައިވާއިރު ދެވަނަ ޑޯޒު ދެމުން ދަނީ ކޮވިޝީލްޑް ވެކްސިން ޖެހި މީހުންނަށެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ވިދާޅުވީ ކޮވިޝީލްޑް ދެވަނަ ޑޯޒު ޖަހަން ފެށުމާއި އެކު ފާހަގަވާން ފެށި އެއް ކަމަކީ ދެވަނަ ޑޯޒު ޖެހުމުގެ ކުރިން ވެކްސިން ކާޑު ލެމިނޭޓް ކޮށްފައި އޮންނަަ މައްސަލަ ކަމަށެވެ. އޭނާ ވިދާޅުވީ ދެވަނަ ޑޯޒު ނުޖަހަނީސް ކާޑު ލެމިނޭޓް ކުރުމުން ދެވަނަ ޑޯޒު ޖެހުމުން ކާޑުގައި ލިޔަން ޖެހޭ މައުލޫމާތު ލިޔުމަށް އުނދަގުލާއި ކުރިމަތިވާ ކަމަށެވެ.

ޑރ. ނަޒްލާ ވަނީ ކާޑު ލެމިނޭޓް ކުރަން ބޭނުންވާ މީހުން ވެކްސިންގެ ދެވަނަ ޑޯޒު ޖެހުމުން ކާޑު ލެމިނޭޓް ކުރަން މަޑު ކޮށްލުމަށް އެދިވަޑައިގެންފަ އެވެ.

ކޮވިޝީލްޑް ވެކްސިންގެ ދެ ވަނަ ޑޯޒު މިހާތަނަށް ޖަހާފައިވަނީ 3،737 މީހުންނެވެ. އޭގެ ތެރެއިން 2،016 މީހުންނަކީ މިއަދު ދެވަނަ ޑޯޒު ޖެހި މީހުންނެވެ.

ކޮވިޝީލްޑްގެ ދެ ވަނަ ޑޯޒު ޖަހައިދެމުން އަދި ދަނީ މާލެ ސަރަހައްދުގައި އެކަންޏެވެ. ކޮވިޝީލްޑްގެ ދެ ވަނަ ޑޯޒު ޖަހަނީ ފުރަތަމަ ޑޯޒު ޖަހާތާ އަށް ހަފްތާ ފަހުންނެވެ.

މިހާތަނަށް ރާއްޖޭގައި ކޯވިޑް-19 ވެކްސިން ޖަހާފައިވަނީ 246،896 މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް