މިއަދު ޕޮސިޓިވްވީ 132 މީހުން، މާލޭގެ ކޭސްތައް 100 ދަށުގައި ހުންނަތާ ހަފްތާއެއް

ކޯވިޑް-19 އަށް އިތުރު 132 މީހުން ޕޮސިޓިވް ވެއްޖެ އެވެ. މިއަދު ޕޮސިޓިވް ވެފައިވަނީ މާލެއިން 67 މީހުންނެވެ. ދެން ޕޮސިޓިވް ވެފައިވަނީ އަތޮޅުތެރެއިން 45 މީހުންނާއި ރިސޯޓުތަކުން 19 މީހުންނާއި އިންޑަސްޓްރިއ...

04 Apr 2021 | 17:28

ކޯވިޑް-19 އަށް އިތުރު 132 މީހުން ޕޮސިޓިވް ވެއްޖެ އެވެ.

މިއަދު ޕޮސިޓިވް ވެފައިވަނީ މާލެއިން 67 މީހުންނެވެ. ދެން ޕޮސިޓިވް ވެފައިވަނީ އަތޮޅުތެރެއިން 45 މީހުންނާއި ރިސޯޓުތަކުން 19 މީހުންނާއި އިންޑަސްޓްރިއަލް ރަށްރަށުން އެކަކެވެ.

މިއަދު ކޯވިޑަށް ޓެސްޓު ކޮށްފައިވަނީ 3،049 މީހުންނެވެ.

މިހާރު ކޯވިޑް ޖެހިގެން ފަރުވާ ދެމުން ދަނީ 3،061 މީހުންނަށެވެ. އޭގެ ތެރެއިން ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ދަނީ 83 މީހުންނަށެވެ. ހަ މީހަކަށް ފަރުވާ ދެމުން ދަނީ އައިސީޔޫގައި އެވެ.

ބަލި ޖެހުނު މީހުންގެ ތެރެއިން 21،646 މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ. ބަލި ޖެހުނު މީހުންގެ ތެރެއިން 67 މީހަކު ވަނީ މަރުވެފައި އެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް ޕޮސިޓިވްވީ 24،783 މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް