ހަނިމާދޫ މަގު ހެދުމުގެ %70 މަސައްކަތް ނިމިއްޖެ

ހދ. ހަނިމާދޫ މަގު ހެދުމުގެ މަޝްރޫއުގެ 70 ޕަސެންޓު މަސައްކަތް ނިމިއްޖެ އެވެ. މި މަޝްރޫއު ކުރިިޔަށް ގެންދަނީ އެމްޓީސީސީންނެވެ. މަގުތަކުގައި އޭބީސީ ފަށަލަ އެޅުމުގެ މަސައްކަތް 4 އޭޕްރީލް 2021 ވަނަ ދުވަހު ...

04 Apr 2021 | 17:16

ހދ. ހަނިމާދޫ މަގު ހެދުމުގެ މަޝްރޫއުގެ 70 ޕަސެންޓު މަސައްކަތް ނިމިއްޖެ އެވެ.

މި މަޝްރޫއު ކުރިިޔަށް ގެންދަނީ އެމްޓީސީސީންނެވެ.

މަގުތަކުގައި އޭބީސީ ފަށަލަ އެޅުމުގެ މަސައްކަތް 4 އޭޕްރީލް 2021 ވަނަ ދުވަހު ވަނީ ފަށާފައިވާ ކަމަށާއި ތާރުއެޅުމުގެ މަސައްކަތް މެއި 2021 ގައި ފަށަން ހަމަޖެހިފައި ވާ ކަމަށް އެމްޓީސީސީއިން ބުނެއެވެ.

މި މަޝްރޫއު ނިމޭއިރު ފައިމަގުގައި ހިނގޭ ގޮތަށް 16،518 އަކަ މީޓަރުގެ ސަރަޙައްދެއް ހަދާނެ އެވެ. މަގުގައި ދުއްވޭ ގޮތަށް 38،916 އަކަ މީޓަރުގެ ސަރަޙައްދެއް ހެދުމާއި އެކު މި މަޝްރޫއުގެ ދަށުން ފެންހިންދާ ނިޒާމެއް ގާއިމް ކުރުމަށް ހަމަޖެހިފައިވެ އެވެ.

އެމްޓީސީސީން ބުނީ މަޝްރޫއު ނިމޭއިރު 19,679.7 އަކަ މީޓަރުގެ ސަރަޙައްދެއްގައި މަގުމަތީ ނިޝާން ހަރުކުރާނެ ކަމަށެވެ.

މި މަޝްރޫއު ޕްލޭނިން މިނިސްޓްރީން އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ 46.7 މިލިއަން ރުފިޔާ އަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް