ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އަނެއްކާ ވެސް އިތުރު މަހަކަށް

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރު އެއް މަހަށް ދަމަހައްޓައިފި އެވެ. ކޯވިޑް-19ން ރައްކާތެރިވުމަށް ފިޔަވަޅުތައް އެޅުމަށް ރާއްޖޭގައި 30 ދުވަހުގެ މުއްދަތަށް އާންމު ސިއްހަތުގެ ކުއްލި ނުރައްކާ އެންމެ ...

04 Apr 2021 | 16:12

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރު އެއް މަހަށް ދަމަހައްޓައިފި އެވެ.

ކޯވިޑް-19ން ރައްކާތެރިވުމަށް ފިޔަވަޅުތައް އެޅުމަށް ރާއްޖޭގައި 30 ދުވަހުގެ މުއްދަތަށް އާންމު ސިއްހަތުގެ ކުއްލި ނުރައްކާ އެންމެ ފުރަތަމަ އިއުލާނު ކުރީ މިދިޔަ މެއި މަހުގެ 12 ވަނަ ދުވަހު އެވެ. އަދި އެންމެ ފަހުން މިދިޔަ މަހު އިތުރު ކުރި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު ހަމަވާނީ މިއަދު އެވެ.

އެކަމަކު، ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ސޮއިކުރައްވައި މިއަދު ނެރުނު ގާރާރުގައި ބުނީ، ސިއްހީ ކުއްލި ނުރައްކަލުގެ މުއްދަތު އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް ދެމެހެއްޓުމަށް ނިންމާފައިވާ ކަމަށެވެ.

ކޯވިޑް-19 ރާއްޖޭގައި ފެތުރުމުގެ ނުރައްކާ ފުޅާ ދާއިރާއެއްގައި އަދިވެސް އޮތްކަން ފާހަގަކޮށް އެ ގަރާރުގައި ބުނީ އާންމު ރައްޔިތުންގެ ސިއްހަތުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ހާއްސަ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ޑިރެކްޓަރު ޖެނަރަލް އޮފް ޕަބްލިކް ހެލްތް ލަފާ ދެއްވާފައިވާ ކަމަށެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދެމެހެއްޓުމާ އެކު ވަގުތާއި ހާލަތަށް ރިޔާއަތްކޮށް ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އަޅަންޖެހޭ ހާއްސަ ފިޔަވަޅުތައް އަޅަމުން ގެންދިއުމުގެ ބާރު ޑިރެކްޓާ ޖެނަރަލް އޮފް ޕަބްލިކް ހެލްތަށް ލިބެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް