އެޕަލް ގެ އެންމެ ފަހުގެ އައިޕެޑް ޕްރޯ، މެކްބުކް އެއަރ އަދި މެކްބުކް ޕްރޯ ޕްރީ އޯޑަރ އަށް މޫލީއިން ހުޅުވާލައިފި

އީ ކޮމަރސް ޕްލެޓްފޯރމް މޫލީއިން އެޕަލްގެ އެންމެ ފަހުގެ އައިޕެޑް ޕްރޯ، މެކްބުކް އެއަރ އަދި މެކްބުކް ޕްރޯ، އުރީދޫ އެޕް މެދުވެރިކޮށް ޕްރީ އޯޑަރއަށް ހުޅުވާލައިފިއެވެ. މޫލީ ޕްލެޓްފޯރމް މެދުވެރިކޮށް އެޕަލްގ...

04 Apr 2021 | 15:49

އީ ކޮމަރސް ޕްލެޓްފޯރމް މޫލީއިން އެޕަލްގެ އެންމެ ފަހުގެ އައިޕެޑް ޕްރޯ، މެކްބުކް އެއަރ އަދި މެކްބުކް ޕްރޯ، އުރީދޫ އެޕް މެދުވެރިކޮށް ޕްރީ އޯޑަރއަށް ހުޅުވާލައިފިއެވެ.

މޫލީ ޕްލެޓްފޯރމް މެދުވެރިކޮށް އެޕަލްގެ އެންމެ ފަހުގެ މި ޑިވައިސްތަކަށް ރައްކާތެރިކަމާއެކު ބީއެމްއެލް ނުވަތަ އެމްފައިސާ މެދުވެރިކޮށް އޮންލައިން ޕޭމަންޓް ދެއްކޭނެއެވެ. މީގެ އިތުރުން ރާއްޖޭގެ ކޮންމެހިސާބަކަށްވެސް މުޅިން ހިލޭ ޑެލިވަރވެސް ކޮށްލަދޭނެއެވެ. މޫލީ ޓީމުން ވިދާޅުވީ އައިޕެޑް ޕްރޯ، މެކްބުކް ޕްރޯ އަދި މެކްބުކް އެއަރ ޕްރީ އޯޑަރއަށް ނަންގަވާ ފަރާތްތަކަށް އޭޕްރިލް މަހުގެ މެދުތެރޭ ޑިވައިސްތައް ޑެލިވަރ ކުރެވިގެންދާނެކަމަށެވެ.

ފުޅާވަމުން އަންނަ އީ-ކޮމަރސް ޕްލެޓްފޯމް މޫލީ މެދުވެރިކޮށް ފުރިހަމަ ޑިޖިޓަލް ޝޮޕިންގ ތަޖުރިބާއެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމުގެ ގޮތުން، އޮންލައިން ޕޭމަންޓް، އީޒީ ރިޓަރންސް އަދި މުޅި ރާއްޖެއަށް ހިލޭ ޑެލިވަރީގެ ޚިދުމަތްވެސް މޫލީއިން ފޯރުކޮށްދެއެވެ.

މި ޕްލެޓްފޯމްގެ ޚާއްޞަ އަނެއްކަމަކީ، ކުދި ވިޔަފާރިތަކާއި އޮންލައިން ރީޓެއިލަރުންނަށް، ފަސޭހަކަމާއި އެކު ކުރިޔަށްވުރެ ގިނަ ކަސްޓަމަރުންނާއި މުއާމަލާތް ކުރުމުގެ ފުރުޞަތު ފަހިވެ، ހިލޭ ވެއަރހައުސް ޚިދުމަތާއި ޑެލިވަރީ ޚިދުމަތް ލިބުމެވެ. މި ޚިދުމަތްތަކާއެކު، ރާއްޖޭގެ އެކި ހިސާބުތަކަށް ވިޔަފާރިތަކުން ޕްރޮޑަކްޓްތައް ފޯރުކޮށްދިނުމުގެ ފުރުޞަތު ފަހިވެފައިވާ ކަމަށް އުރީދޫއިން މައުލޫމާތު ދެއެވެ.

ވިޔަފާރި އޮންލައިންކޮށް، އިތުރަށް ފުޅާކޮށް އަދި ގިނަ ކަސްޓަމަރުންނަށް ޚިދުމަތްދޭން ބޭނުންވާ ކޮންމެ ފަރާތަކަށްވެސް މޫލީއިންވަނީ އެ ފުރުޞަތު ހުޅުވާލާފައެވެ. އިތުރު ފަރާތްތަކުން މޫލީ އާއި ގުޅެމުންދާއިރު، އެ ޕްލެޓްފޯމް އޮތީ ކުރިޔަށް ވުރެ ގިނަ ކަސްޓަމަރުންނަށް، ކުރިޔަށް ވުރެ ތަފާތު ގިނަ އުފެއްދުންތަކެއް ފޯރުކޮށްދިނުމަށް ތައްޔާރުވެގެން ކަމަށް އުރީދޫއިން ބުނެއެވެ.

މޫލީ މެދުވެރިކޮށް ބައްލަވައިގަތުމަށް: http://ore.do/app

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް