ރ. މަޑުއްވަރީ އާއި އުނގޫފާރުގެ މޮނިޓަރިންގެ ހާލަތު އުވާލައިފި އެވެ.
އުނގޫފާރު މޮނިޓަރިންގެ ހާލަތަށް ގެނައީ މިދިޔަ މަހުގެ 19 ވަނަ ދުވަހު އެވެ. މަޑުއްވަރި މޮނިޓަރިންގެ ހާލަތަށް ގެނައީ މިދިޔަ މަހުގެ23 ވަނަ ދުވަހު އެވެ.
އެ ދެ ރަށުގެ މޮނިޓަރިން އުވާލައި އާންމު ހާތަލަށް ދެ ރަށް ގެނައީ އިއްޔެ އެވެ. މީގެ ތެރެއިން ކޯވިޑް ކޭސްތައް ފުރަތަމަ ފެނުނީ އުނގޫފާރުންނެވެ.
އުނގޫފާރު މޮނިޓަރިންއަށް ލީ ޑޮކްޓަރަށް ދެއްކި މީހަކު ކޯވިޑަށް ޕޮސިޓިވް ވެގެންނެވެ. މަޑުއްވަރީ އިން ޕޮޒިޓިވްވީ އުނގޫފާރަށް ގޮސް އެނބުރި އައިސް ހޯމް ކަރަންޓީންގައި ހުރި މީހެކެވެ.
އެޗްޕީއޭ އިން ބުނީ ދެ ރަށް ވެސް އަލުން ހުޅުވާލީ ބަލަން ޖެހޭ ކަންކަން ބެލުމަށްފަހު، އެ ހާލަތު ދަމަހައްޓަންޖެހޭ ސަބަބެއް ނެތުމުން ކަމަށެވެ.
މިވަގުތު މޮނިޓަރިންގެ ހާލަތުގައި 17 ރަށެއް އެބަ އޮތެވެ. މިއަދު މޮނިޓަރިންއަށް ލީ ރަށް ތަކުގެ ތެރޭގައި، ވ. ތިނަދޫ، އދ. މަހިބަދޫ އަދި މާމިގިލި ހިމެނެ އެވެ.
އަތޮޅު ތެރޭގައި ކޯވިޑް ކޭސްތައް އިތުރުވަމުން ދާއިރު މިހާރު 800 އަށްވުރެ ގިނަ އެކްޓިވް ކޭސްތައް މީހުން ދިރިއުޅޭ ރަށްތަކުގައި އެބަ ހުއްޓެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް