ވ. ތިނަދޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފި އެވެ.
ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ އެ ރަށު ކައުންސިލަށް ފޮނުވާފައިވާ އެންގުމުގައި ބުނެފައިވަނީ ތިނަދޫ މޮނިޓަރިންގެ ހާލަތަށް ގެނައީ ކޯވިޑް-19 އާއި ގުޅިގެން ރައްކާތެރިކަމުގެ ގޮތުން ބަލަން ޖެހޭ ކަންކަން ބެލުމަށް ކަމަށެވެ. އަދި މޮނިޓަރިންގެ ހާލަތުގައި އޮންނަ މުއްދަތުގައި އެޗްޕީއޭގެ ހުއްދަ ނެތި އެ ރަށަށް އަރައި ފޭބުމަކީ މަނާ ކަމެއް ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ތިނަދޫއިން ޕޮސިޓިވްވެފައިވަނީ ޓޫރިސްޓެކެވެ. މޮނިޓަރިންގެ ހާލަތަށް ގެނައީ ކޮންޓެކްޓް ޓްރޭސިން ހަދާ ނިމެންދެންނެވެ.
ތިނަދޫގެ އިތުރުން މިއަދު އދ. މަހިބަދޫ އާއި މާމިގިލި ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައި އެވެ. މި ތިން ރަށާއި އެކު މިވަގުތު ކޯވިޑް ކޭސްތަކާއި ގުޅިގެން 18 ރަށެއް އޮތީ މޮނިޓަރިންގެ ހާލަތުގައި އެވެ.
އެޗްޕީއޭއިން އާންމު ކުރި އެންމެ ފަހުގެ މައުލޫމާތުތަކުގައި ބުނެފައިވާ ގޮތުގައި އެންމެ ހަލުވި ކަމާއި އެކު ކޯވިޑް ފެތުރެމުން ދަނީ ޅ. ނައިފަރުގަ އާއި ކ. ހުރާގައި އެވެ.
މިހާތަނަށ ރާއްޖެއިން 24،000 އަށްވުރެގިނަ މީހުން ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް