ކުރީގެ ސަރުކާރުން މާލޭގެ ކަންކަން ރާވާފައި އޮތް ގޮތް ރައްޔިތުންނަށް ނޯޅޭ: އަނަސް

އިދިކޮޅު ކޯލިޝަންގެ މާލެ ސިޓީ މޭޔަރު ކެންޑިޑޭޓަކީ މާ ތަޖުރިބާ ހުރި ކަމަށް ބުނާ ވާހަކަތަކަށް އަނަސް ރައްދު ދެއްވައިފި އެވެ. އަނަސް އަކީ ކުރިއަށް އޮތް ލޯކަލްކައުންސިލް އިންތިޚާބުގައި މާލެ ސިޓީގެ އެމްޑީޕ...

04 Apr 2021 | 07:15

އިދިކޮޅު ކޯލިޝަންގެ މާލެ ސިޓީ މޭޔަރު ކެންޑިޑޭޓަކީ މާ ތަޖުރިބާ ހުރި ކަމަށް ބުނާ ވާހަކަތަކަށް އަނަސް ރައްދު ދެއްވައިފި އެވެ.

އަނަސް އަކީ ކުރިއަށް އޮތް ލޯކަލްކައުންސިލް އިންތިޚާބުގައި މާލެ ސިޓީގެ އެމްޑީޕީ މޭޔަރު ކެންޑިޑޭޓެވެ.

"މެދުނުކެނޑި އައި ހަތް އަހަރުގެ ތުރާތައް އިތުރު ފަސް އަހަރަކަށް ތަކުރާރުވާން ދޭކަށް މާލެ ސިޓީ ރައްޔިތުންނެއް ތިބީ ތައްޔާރަކަށް ނޫން،" އަނަސް ވިދާޅުވި އެވެ.

"އަދަދު" ނޫހަށް އަނަސް ދެއްވާފައިވާ އިންޓަވިއުއެއްގައި ވިދާޅުވެފައި ވަނީ، ކުރީގެ ސަރުކާރުގައި އެތައް އަހަރެއް ވަންދެން ޑރ. މުހައްމަދު މުއިއްޒު ހައުސިން މިނިސްޓަރުކަން ކުރެއްވި ކަމަށާއި އޭރު މާލޭގެ ކަންކަން ރާވާފައި އޮތް ގޮތް ރައްޔިތުންނަށް އޮޅިފައި ނޯންނާނެ ކަމަށެވެ.

"ހިންގެވި މަޝްރޫއު ތަކުގައި ވެސް މާލޭގެ ރައްޔިތުންނަށް ކިހާ ދުއްތުރާއްލެއްކަންވީ އެއީ އޮޅިފައިއޮތް ކަމެއް ނޫން. މާލޭ ސިޓީ ރައްޔިތުންނެއް އެކަމެއް ހަނދާނެއް ނުނެތޭ،" އެމްޑީޕީގެ މާލެ ސިޓީ ކެނޑިޑޭޓް އަނަސް ވިދާޅުވި އެވެ.

އަނަސް ވިދާޅުވީ، މާލޭގެ ބައެއް މަގުތައް ހެދުން ފަދަ މަޝްރޫއުތަކުން ވެސް ހައްލެއް ލިބުމުގެ ބަދަލުގައި، ރައްޔިތުން ތަހައްމަލު ކުރަންޖެހުނީ އިތުރު ތުރާލެއްކަމަށެވެ.

މީގެ އިތުރުން ސިޓީ ކައުންސިލަށް އޭރުގެ ސަރުކާރުން ކުރިމަތިކުރުވި ފިއްތުންތައް އަނަސް ފާހަގަކުރައްވާފައި ވެއެވެ.

ލާމަރުކަޒީ ޤާނޫނުގެ ދަށުން، ކައުންސިލް ތަކަށް ބޮޑެތި ބާރުތަކެއް ދީ، ތަފާތު އެކި މިނިވަންކަން ކައުންސިލްތަކަށް ދިނުމަށްފަހު، މި ބާއްވާ އިންތިޚާބަކީ ވަރަށްވެސް މުހިންމު އިންތިޚާބެއް ކަމަށް ދެކިލައްވާކަމަށް މީގެ ކުރިން އަނަސް ވިދާޅުވެފައި ވެއެވެ.

އެގޮތުން، ލާމަރުކަޒީ ޤާނޫނަށް މި ގެނެވުނު އިސްލާހުތަކުގެ ތެރެއިން، އެންމެ މުހިންމު އަދި އެންމެ ބޮޑު އިސްލާހަކީ މާލީ މިނިވަންކަމާ ބިޔަ ބޮޑު ބަޖެޓް ކައުންސިލްތަކަށް ލިބިދިނުމެވެ. އަދި އޭގެ އިތުރުން ކައުންސިލްތަކުގެ އިހްތިޞާޞް ހިނގާ ސަރަހައްދުގައި ހިނގާ އިޤްތިޞާދީ ހަރަކާތްތަކުން ލިބޭ ނަފާތައް ސީދާ ކައުންސިލަށް ލިބިގެން ދިއުން ކަމަށް އަނަސް ފާހަގަ ކުރައްވާފައި ވެއެވެ.

އެމްޑީޕީގެ ސާފު އަގުލަބިއްޔަތު އޮތް މިހާރުގެ ސިޓީ ކައުންސިލަށް އެކަށީގެންވާ ހިދުމަތެއް ފޯރުކޮށްނުދެވުނު ކަމުގެ ފާޑުކިއުންތަކަށް އިޝާރާތް ކުރައްވައި، އަނަސް ވިދާޅުވީ އެކަންވެސް އެ ގޮތަށް މެދުވެރިވީ ކުރީގެ ސަރުކާރުން ލާމަރުކަޒީ ނިޒާމު އެއްކޮށް ހަނިކޮށް، ކައުންސިލުގެ ބާރުތައް ނެގުމުން ކަމަށެވެ.

އަނަސް ފާހަގަ ކުރައްވާފައިވާ ގޮތުގައި އެމްޑީޕީން އިންތިހާބުތަކުގައި ކުރި ހޯދަން ފެށި ހިސާބުން އިދިކޮޅުން ގާނޫނަށް އިސްލާހު ގެނައި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް