މި އަހަރުގެ މިހާތަނަށް 3 ލައްކައަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފި

މި އަހަރުގެ މިހާތަނަށް 3 ލައްކައަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވާ ކަމަށް ޓުއަރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މި އަހަރު އަދި އެންމެ ގިނަ ފަތުރުވެރިން އައިސްފައި ވަނީ...

04 Apr 2021 | 07:11

މި އަހަރުގެ މިހާތަނަށް 3 ލައްކައަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވާ ކަމަށް ޓުއަރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މި އަހަރު އަދި އެންމެ ގިނަ ފަތުރުވެރިން އައިސްފައި ވަނީ ފާއިތުވި މާރިޗު މަހުއެވެ. މާރިޗު މަހުގެ ތެރޭގައި 109,585 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައި ވެއެވެ. އަދި ފެބްރުއަރީ މަހު 96,882 ފަތުރުވެރިން، ޖެނުއަރީ މަހު 92,103 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ.

މީގެ އިތުރުން އޭޕްރީލް މަހުގެ މިހާތަނަށް 12,976 ފަތުރުވެރިން ޒިޔާރަތްކޮށްފައި ވާއިރު، މުޅި ޖުމުލަކޮށް ޒިޔާރަތްކޮށްފައި ވަނީ 311,546 ފަތުރުވެރިންނެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެވެރެޖު ގޮތެއްގައި ދުވާލެއްގެ މައްޗަށް 3,350 ފަތުރުވެރިން މި އަހަރު ފެށުނު ފަހުން ޒިޔާރަތްކުރެއެވެ.

ބޯޑަރު ހުޅުވާލިފަހުން ރާއްޖެއައި ފަތުރުވެރިންގެ 22 އިންސައްތަ ރަޝިއާއިން ހިއްސާކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް