ކޮވިޑް19 އާ ގުޅިގެން، ކޮންޓެކްޓް ޓްރޭސިންގް ނިމެންދެން އދ. މަހިބަދޫ މޮނިޓަރިންއަށް ލައިފިއެވެ.
މަހިބަދޫ މޮނިޓަރިންގއަށް ލާފައި ވަނީ އިއްޔެ އެ ރަށުން މާލެ ދަތުރުކުރި ފަރާތެއް ކޯވިޑް-19އަށް ފައްސިވުމާ ގުޅިގެން ކަމަށް، އދ. އަތޮޅު ހޮސްޕިޓަލުން މަޢުލޫމާތު ދެއެވެ.
އެ ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލަކު ދުވަސް އަށް ވިދާޅުވީ، އެ ރަށް މޮނިޓަރިންއަށް ލާފާއިވާއިރު، ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރިއަށް ދާ ކަމަށެވެ.
މަހިބަދޫން ކޯވިޑް-19ގެ ވޭދަނައެއް އަދި ފެނިފައި ނުވެއެވެ.
އެޗްޕީއޭއިން ބުނެފައި ވަނީ، މަހިބަދޫ ކަރަންޓީނަށް ލާފައި ވަނީ، އެރަށުގައި މިވަގުތު ހުރި ފަތުރުވެރިއެއްގެ ކިބައިން، ކޮވިޑު19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ފެނުމާ ގުޅިގެން، ޞިއްޙީ ގޮތުން އިތުރަށް ބަލަންޖެހޭ ކަންތައްތައް ބެލުމަށް ކަމަށެވެ.
އެހެންކަމުން މި އެންގުމާއެކު، ރަށުގައި މިވަގުތު ތިބި އެއްވެސް މީހަކު، ހެލްތް ޕްރޮޓެކްޝަން އޭޖެންސީއިން ވަކި އެއްޗެއް އަންގަންދެން ރަށުން ފޭބުމާއި، އެޗްޕީއޭގެ ހުއްދަނެތި ރަށަށް އެއްވެސް މީހަކު އެރުން މަނާވާނެއެވެ.
މިއަދުގެ 11:25 އާއި ހަމަޔަށް މޮނިޓަރިންގ އަށް ލާފައިވާ ރަށްތަކުގެ އަދަދު 17 އަށް އަރައެވެ. އެއީ:
- ދ. ކުޑަހުވަދޫ
- ދ. މީދޫ
- ކ.ހުރާ
- ކ. ދިއްފުށި
- ޅ. ނައިފަރު
- ހުޅުދުއްފާރު
- ޅ. ފެލިވަރު
- ޅ. ހިންނަވަރު
- ރ. އަލިފުށި
- ގދ. ތިނަދޫ
- ޅ. އޮޅުވެލިފުށި
- ނ. ހޮޅުދޫ
- ރ، މާކުރަތު
- ޅ. ކުރންދޫ
- ށ. މަރޮށި
- އދ. މާމިގިލި
- އދ. މަހިބަދޫ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް