ކޯވިޑް-19ން ދިފާޢުވުމަށް އާބާދީގެ ނިސްބަތުން އެންމެ ގިނައިން ވެކްސިން ޖެހި ގައުމުތަކުގެ ލިސްޓުގެ 3 ވަނައިގައި ދިވެހިރާއްޖެ ހިމެނިއްޖެއެވެ.
މި ލިސްޓް އާންމުކުރި "ބްލޫމްބާގް"ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އެންމެ ގިނަ ބަޔަކު ވެކްސިން ޖަހައި ލިސްޓުގެ އެއްވަނައިން ޖާގަ ހޯދާފައި ވަނީ ޖިބްރާލްޓާއެވެ. އެގައުމުން ވަނީ އާބާދީގެ 89.6 އިންސައްތަ މީހުންނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ދީފައެވެ. އަދި ލިސްޓުގެ ދެވަނައިގައި އޮތީ އެގައުމުގެ އާބާދީގެ 53.2 އިންސައްތައަށް ވެކްސިން ޖެހި ސީޝެލްސްއެވެ.
މި ލިސްޓުގެ ތިން ވަނަ ރާއްޖެއަށް ލިބުނީ އާބާދީގެ 65.5 އިންސައްތައަށް ވެކްސިންގެ ފުރަތަމަ ޑޯޒް ދީފައި ވާތީއެވެ.
މިހާ ތަނަށް ރާއްޖެއިން 243،749 މީހުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ. އަދި 1،149 މީހަކު ވަނީ ވެކްސިންގެ ދެވަނަ ޑޯޒްވެސް ޖަހާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް