މާމިގިލި މޮނިޓަރިންއަށް، އަރައިި ފޭބުން މަނާ

ކޯވިޑް-19 ގެ ކޭސްއަކާ ގުޅި އދ. މާމިގިލި މޮނިޓަރިން އަށް ލައިފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މާމިގިލިން ފައްސިވެފައި ވަނީ ފްލޫ ކްލިނިކަށް ޑޮކްޓަރަށް ދެއްކި މީހެކެވެ. ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލ...

04 Apr 2021 | 05:29

ކޯވިޑް-19 ގެ ކޭސްއަކާ ގުޅި އދ. މާމިގިލި މޮނިޓަރިން އަށް ލައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މާމިގިލިން ފައްސިވެފައި ވަނީ ފްލޫ ކްލިނިކަށް ޑޮކްޓަރަށް ދެއްކި މީހެކެވެ.

ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ މާމިގިިލީ ކައުންސިލަށް އެޗްޕީއޭއިން ފޮނުވި އެންގުމުގައި ބުނެފައިވަނީ އެރަށް މޮނިޓަރިންއަށް ލާފައި ވަނީ، ކޯވިޑް-19 އާ ގުޅިގެން، ޞިއްޙީ ގޮތުން އިތުރަށް ބަލަންޖެހޭ ކަންތައްތަކެއް ބެލުމަށް ކަމަށެވެ.

އެހެންކަމުން މި އެންގުމާއެކު، ރަށުގައި މިވަގުތު ތިބި އެއްވެސް މީހަކު، ހެލްތް ޕްރޮޓެކްޝަން އޭޖެންސީއިން ވަކި އެއްޗެއް އަންގަންދެން ރަށުން ފޭބުމާއި، އެޗްޕީއޭގެ ހުއްދަނެތި ރަށަށް އެއްވެސް މީހަކު އެރުން މަނާވާނެއެވެ.

މާމިގިލީގެ އިތުރުން ކޯވިޑް ކޭސްތަކާއި ގުޅިގެން 17 ރަށެއް އޮތީ މޮނިޓަރިންގެ ހާލަތުގައި އެވެ. އެޗްޕީއޭއިން އާންމު ކުރި އެންމެ ފަހުގެ މައުލޫމާތުތަކުގައި ބުނެފައިވާ ގޮތުގައި އެންމެ ހަލުވި ކަމާއި އެކު ކޯވިޑް ފެތުރެމުން ދަނީ ޅ. ނައިފަރުގަ އާއި ކ. ހުރާގައި އެވެ.

މިހާތަނަށ ރާއްޖެއިން24،000 އަށްވުރެގިނަ މީހުން ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް