އައްޑޫގައި ވެކްސިންގެ ފުރަތަމަ ޑޯޒް ދޭން އަލުން ފަށަނީ

އައްޑޫ ސިޓީގައި ކޯވިޑް-19ން ދިފާއުވުމަށް ޖަހާ ވެކްސިންގެ ފުރަތަމަ ޑޯޒް ދޭން އަލުން ފަށައިފިއެވެ. އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން ބުނީ ވެކްސިންގެ ފުރަތަމަ ޑޯޒް ނުޖެހި ތިބި އުމުރުން 18 އަހަރާއި 60 އަ...

04 Apr 2021 | 05:17

އައްޑޫ ސިޓީގައި ކޯވިޑް-19ން ދިފާއުވުމަށް ޖަހާ ވެކްސިންގެ ފުރަތަމަ ޑޯޒް ދޭން އަލުން ފަށައިފިއެވެ.

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން ބުނީ ވެކްސިންގެ ފުރަތަމަ ޑޯޒް ނުޖެހި ތިބި އުމުރުން 18 އަހަރާއި 60 އަހަރާއި ދެމެދުގެ މީހުންނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުން މިއަދު އޮންނާނެ ކަމަށެވެ. ވެކްސިން ޖެހުން ކުރިއަށްދާނީ މިއަދު ހެނދުނު 10:00ން މެންދުރު ފަހު 3:00 އަށް ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

އެގޮތުން ހިތަދޫގައި ވެކްސިން ޖެހުން ކުރިއަށްދާނީ އައްޑޫ ހައި ސްކޫލްގައި ކަމަށްވާއިރު މަރަދޫ، މަރަދޫފޭދޫގައި ވެކްސިން ޖެހުން ކުރިއަށްދާނީ ދަމަނަވެށީގައެވެ. އަދި ހުޅުމީދޫގައި ވެކްސިން ޖެހުން ކުރިއަށްދާނީ ހުޅުމީދޫ ސިއްހީ މަރުކަޒުގައެވެ.

އައްޑޫގައި ޖަހަމުން ދަނީ ރާއްޖޭގައި ފުރަތަމަ ޖަހަން ފެށި، އިންޑިއާގެ ކޮވިޝީލްޑް ވެކްސިނެވެ.

މިދިޔަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކޯވިޑް-19ން ދިފާޢުވާން ޖަހާ ވެކްސިން އައްޑޫގައި ވެސް ޖަހަން ފަށާފައިވާއިރު މިހާތަނަށް އައްޑޫގެ 10،000 އަށް ވުރެ ގިނަ މީހުންނަށް މި ވެކްސިން ވަނީ ދީފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް