މާމިގިލީ މަގު ހެދުމުގެ މަސައްކަތް ބާރު ސްޕީޑްގައި ދަނީ ކުރިއަށް - އާރްޑީސީ

އދ. މާމިގިލީ މަގު ހެދުމުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށްދާކަމަށް މި މަސައްކަތް ހަވާލުކޮށްފައިވާ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާރްޑީސީއިން ބުނެފިއެވެ. އާރްޑީސީއިން ކުރި ޓުވީޓެއްގައި ވަނީ، އދ. މ...

04 Apr 2021 | 04:46

އދ. މާމިގިލީ މަގު ހެދުމުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށްދާކަމަށް މި މަސައްކަތް ހަވާލުކޮށްފައިވާ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާރްޑީސީއިން ބުނެފިއެވެ.

އާރްޑީސީއިން ކުރި ޓުވީޓެއްގައި ވަނީ، އދ. މާމިގިލީ މަގުހެދުމުގެ މަޝްރޫއުގެ މިވަގުތު ކުރިއަށްދަނީ މަގުތަކަށް ބޭނުންވާ ކޭބަލް ޖަންކްޝަން އަދި ކާރބްސުޓޯން އެޅުމުގެ މަސައްކަތްކަމަށް ބުނެފައެވެ. އެގޮތުން އަމީނީ މަގުގެ 97 ޕަސެންޓު އަދި ގެވެހި މަގުގެ 40 ޕަސެންޓު އެކްސްކަވޭޝަން މަސައްކަތް ނިމިފައިވާކަމަށް އެ ކުންފުނިން ބުނެއެވެ.

https://twitter.com/rdcmaldives/status/1377110867519492097

މާމިގިއްޔަކީ ބަރުއުޅަނދުފަހަރު ގިނަ ރަށަކަށް ވާއިރު، މަގުތައް ހަލާކުވެ، ހިނގާބިނގާވެ އުޅުމާއި އުޅަނދުފަހަރު ދުއްވުމުގައި އެ ރަށު މީހުން ތަކުލީފުތަކެއް އުފުލާތާ ދުވަސްތަކެއް ވެއްޖެއެވެ.

މާމިގިލި މަގުތަކުގެ ހާލަތު ރަނގަޅުކުރުމަށް ވިޔަފާރިވެރިޔާ އަދި މާމިގިލި ދާއިރާގެ މެމްބަރު ޤާސިމް އިބްރާޙިމްގެ ވިލާ ކުންފުނިން ވެސް މަސައްކަތް ކުރާކަން ފާހަގަކުރެވެއެވެ.

އާރުޑީސީއާއި ހަވާލުކޮށްގެން ސަރުކާރުން ކުރިއަށްގެންދާ މާމިގިލި ރިންގް ރޯޑް ހެދުމުގެ މަސައްކަތަށް 2021 ވަނަ އަހަރު ބަޖެޓްކޮށްފައިވަނީ 10 މިލިއަން ރުފިޔާ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް