ބުރާސްފަތި ދުވަހުގެ ކުރިން ހުރިހާ ރަށަކަށް ވޯޓު ފޮށިތައް ފޮނުވަނީ

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ބޭނުންވާ ވޯޓު ކަރުދާހާއި ވޯޓު ފޮށިތައް އަދި އެހެނިހެން ތަކެތި މިހަފްތާގެ ބުރާސްފަތި ދުވަހުގެ ކުރިން ރަށްތަ...

04 Apr 2021 | 04:40

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ބޭނުންވާ ވޯޓު ކަރުދާހާއި ވޯޓު ފޮށިތައް އަދި އެހެނިހެން ތަކެތި މިހަފްތާގެ ބުރާސްފަތި ދުވަހުގެ ކުރިން ރަށްތަކަށް ފޮނުވާ ނިންމާނެކަމަށް އިލެކްޝަންސް ކޮމިޝަން(އީސީ)ގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބާއި ގުޅިގެން އީސީން ވަމުން އަންނަ ތައްޔާރީތަކާއި ގުޅޭގޮތުން ޓީވީއަކަށް ދެއްވި ބަސްދީގަތުމެއްގައި ޝަރީފް ވިދާޅުވީ، ވޯޓު ކަރުދާސް ޗާޕްކޮށް ނިންމާފައިވާ ކަމަށެވެ.

މިހާރު ކުރަމުންދަނީ އެކި ރަށްރަށަށް ފޮނުވަން ޖެހޭ ވޯޓު ކަރުދާސްތައް ވަކިކުރުމުގެ މަސައްކަތް ކަމަށެވެ. އަދި ވޯޓު ފޮށިތައް ތައްޔާރުކުރުމާއި އިދާރީ ގޮތުން ކުރަންޖެހޭ އެހެން ކަންކަން ކުރަމުންދާ ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.

އިލެކްޝަންސްގެ ރައީސް ވިދާޅުވީ ވޯޓު ފޮށިތައް ބަހައްޓަންވީ ތަންތަން ކަނޑައެޅި ހުރިހާ ކަމެއްވެސް ދަނީ ތާވަލު ކުރެވިފައިވާ ގޮތަށްކަމަށެވެ.

މިފަހަރުގެ އިންތިޚާބުގައި 735 ވޯޓު ފޮއްޓެއް ބަހައްޓާނެއެވެ. ޝަރީފް ވިދާޅުވީ އެއްވެސް ފޮއްޓަކަށް 600ށް ވުރެ ގިނަ މީހުން ވޯޓު ނުލާނެކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް