ޕްރިމިއާ ލީގު: ލެސްޓާ ސިޓީ ބަލިކޮށް މެންޗެސްޓަރ ސިޓީ ލީގު ހޯދުމާ ގާތަށް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ރަށުން ބޭރުގައި ލެސްޓާ ސިޓީ އާއި ދެކޮޅަށް މެންޗެސްޓަރ ސިޓީ ކުޅުނު މެޗު ކާމިޔާބު ކޮށް ލީގު ހޯދުމާ ގާތަށް ޖެހިލައިފި އެވެ. ރޭގެ މެޗުން މެންޗެސްޓާ ސިޓީ މޮޅުވީ ލެސްޓާ ސިޓީގެ...

04 Apr 2021 | 04:00

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ރަށުން ބޭރުގައި ލެސްޓާ ސިޓީ އާއި ދެކޮޅަށް މެންޗެސްޓަރ ސިޓީ ކުޅުނު މެޗު ކާމިޔާބު ކޮށް ލީގު ހޯދުމާ ގާތަށް ޖެހިލައިފި އެވެ.

ރޭގެ މެޗުން މެންޗެސްޓާ ސިޓީ މޮޅުވީ ލެސްޓާ ސިޓީގެ މައްޗަށް 0-2 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ.

ވަރަށް ވާދަވެރި ކޮށް ފެނިގެން ދިޔަ މި މެޗުގެ ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އޮވެއެވެ. ނަމަވެސް ދެޓީމަށްވެސް ލގޯލު ޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރު ވިކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ސިޓީގެ ކެވިން ޑި ބްރޭނާ ފޮނުވާލި ހިލޭ ޖެހުމެއް ގޯލުގެ ދަނޑިއާ އަމާޒުވިއިރު ރިޔާދް މާރޭޒް ފޮނުވާލި ހަމަލާއެއް ލެސްޓާގެ ގޯލްކީޕަރު ކެސްޕަރ ޝްމައިކަލް ވަނީ ދިފާއުކޮށްފައެވެ.

މެޗުގެ ދެވަނަ ހާފަށް ނިކުމެ ސިޓީން ރަނގަޅު ކުޅުމެއް ދެއްކިއިރު، މި ހާފުގައި އެޓީމުގެ ފުރަތަމަ ލަނޑު ޖަހާ ލީޑުނެގީ ބެންޔަމިން މެންޑީ ކާމިޔާބު ކޮށްދިން ލަނޑުންނެވެ. އަދި ސިޓީއަށް ދެވަނަ ލަނޑުޖަހާ ލީޑު ފުޅާކޮށްދިނީ ރަހީމް ސްޓާލިން ތަނަވަސްކޮށްދިން ފުރުސަތެއްގައ ގެބްރިއަލް ޖީސަސް އެވެ.

މި މޮޅާއި އެކު ލީގު ކަށަވަރުކުރަން ސިޓީ އަށް މިހާރު ބޭނުންވަނީ އެންމެ 11 ޕޮއިންޓެވެ. ލީގުގައި ބާކީ އަށް މެޗު އެޓީމަށް އޮތްއިރު ހަތަރު މެޗުން މޮޅުވެގެން އެޓީމަށް ލީޑު ކަށަވަރުވާނެ އެވެ. ސިޓީ 74 ޕޮއިންޓާ އެކު ލީގުގެ އެއް ވަނައިގައި އޮތްއިރު 17 ޕޮއިންޓް ފަހަތުން ލީގުގެ ދެ ވަނައިގައި އޮތީ މެންޗެސްޓަރ ޔުނައިޓެޑެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް