ކުރިޔަށް އޮތް ހަފްތާ ތެރޭގައި ބަންގްލަދޭޝްގައި ތިބި ދިވެހިން ގެނެވޭތޯ ބަލަނީ

ކުރިޔަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ބަންގްލަދޭޝްގައި ތިބި ދިވެހިން ރާއްޖެ ގެނެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށް ސަރުކާރުން ބުނެފި އެވެ. ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކޯވިޑް-19 ގެ ތަރުޖ...

04 Apr 2020 | 17:03

ކުރިޔަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ބަންގްލަދޭޝްގައި ތިބި ދިވެހިން ރާއްޖެ ގެނެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށް ސަރުކާރުން ބުނެފި އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކޯވިޑް-19 ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ވައިރަހާއި ގުޅިގެން ބަންގްލަދޭޝްގެ ހާލަތު ވަރަށް ގޯސްވަމުން އަންނަ ކަމަށް ގަބޫލް ކުރައްވާ ކަމަށެވެ. އަދި އެ ގައުމުގައި މިވަގުތު ތިބި ހުރިހާ ދިވެހިންގެ ހާލަތު ވަރަށް ކައިރިން ބަލަމުންދާ ކަމަށް މަބްރޫކް ވިދާޅުވި އެވެ.

ބަންގްލަދޭޝްގައި މިވަގުތު85 ދިވެހިން އެބަތިއްބެވެ.

މަބްރޫކް ވިދާޅުވީ އެ ދިވެހިން ގެނައުމާއި ގުޅޭގޮތުން ވާހަކަތައް ދެކެވެމުންދާ ކަމަށާއި ކުރިޔަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އެކަން ހަމަޖެހި އެމީހުން ރާއްޖެ ގެނެވޭވަރު ވާނެ ކަމަށެވެ.

މީގެ އިތުރުން ނޭޕާލްގައި ތިބި ދިވެހިން ތަކެއް ރާއްޖެ ގެނައުމަށްވެސް ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން އެހެން އެއާލައިންތަކުން ގައުމުތަކުން މީހުން ގެންދާއިރު އެ ހަމަޖެހިފަ އިންނަ އުސޫލުތައްވެސް ބަލަމުންދާ ކަމަށް ވިދާޅުވި އެވެ.

ކޯވިޑް-19 އާއި ގުޅިގެން ބައެއް ގައުމުތަކުގައި ތިބި ދިވެހިން ގެނައުމަށް މޯލްޑިވިއަންއިން ދަނީ ތައްޔާރުވަމުންނެވެ. އެގޮތުން މާދަމާ ސްރީލަންކާގައި ތިބި ދިވެހިން ގެންނަން ޗާޓާޑް ދެ ދަތުރެއް ކުރުމަށް ހަމަޖެހިފައިވެ އެވެ. އަދި ހޯމަ ދުވަހު ކޮޗިންގައި ތިބި ދިވެހިން ގެންނަންވެސް ދަތުރެއް ކުރާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް