އިންޑިއާގެ ކޮޗިން އަދި ލަންކާގެ ކޮލޮމްބޯގައި ތިބި ދިވެހިން ދިވެހިރާއްޖެ ގެނައުމަށް މޯލްޑިވިއަންގެ ފްލައިޓްތަކެއް ޝެޑިއުލްކޮށްފިއެވެ.
އެގޮތުން މޯލޑިވިއަނުން ބުނެފައިވަނީ ކޮލޮމްބޯއިން މާދަމާ ދެ ފްލައިޓް އަދި ކޮޗިން އިން ހޯމަ ދުވަހު އެއް ފްލައިޓް އަންނާނެ ކަމަށެވެ. ޖާގަ ބޭނުންވާ ފަރާތްތަކުން ޕާސްޕޯޓް ކޮޕީ އާއި ނަމާއި ނަމްބަރު ވައިބަރ މެދުވެރިކޮށް މޯލްޑިވިއަނަށް ފޮނުވުމަށްވެސް އެދިފައިވެއެވެ.
https://twitter.com/MaldivianAero/status/1246418590649049089
މިކަމާއި ގުޅޭގޮތުން ދުވަހަށް މައުލޫމާތުދެއްވަމުން މޯލްޑިވިއަންގެ މާކެޓިން މެނޭޖަރ މޫސާ ވަސީމް ވިދާޅުވީ އެހެން ސަރަހައްދުތަކުގައި ތިބި ދިވެހިން ގެނައުމަށްވެސް މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެކަންކަމުގެ އިންތިޒާމް ހަމަޖެހެމުންދާވަރަކުން އަންގަމުން ދާނެ ކަމަށެވެ.
ރާއްޖެއިން ބޭރުގައި ތިބި ދިވެހިން ގައުމަށް ގެނައުމަށް ގައުމުތަކާއި މަޝްވަރާ ކުރެވެމުން އަންނަކަން ފޮރިން މިނިސްޓްރީން ކުރިން ހާމަކޮށްފައިވެއެވެ.
ޑެސްކްޓޮޕް/ލެޕްޓޮޕުންނަމަމޯލޑިވިއަންގެވައިބަރލިންކް: viber://pa/info?uri=flyq2
މޯބައިލުންނަމަމިބާކޯޑްސްކޭންކޮށްލައްވާ:
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް