ކޯވިޑް-19 ނުވަތަ ކޮރޯނާ ވައިރަހާއި ގުޅިގެން ފަން އައިލެންޑް ރިސޯޓްގައި ކަރަންޓީނުކޮށްފައި ތިބި މީހުންގެ ތެރެއިން 49 ދިވެއްސަކު ދޫކޮށްލައިފިއެވެ. މި އެންމެންވެސް ދޫކޮށްލާފައިވަނީ 14 ދުވަހުގެ މުއްދަތު ހަމަވެ ޓެސްޓްވެސް ހެދުމަށްފަހުގައެވެ.
ޖުމްލަ 881 މީހަކު ކަރަންޓީނުކޮށްފައިވާއިރު އެންމެވެސް ދޫކުރަމުންދަނީ ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީން މި ހާލަތުގައި އަމަލުކުރަމުން އަންނަ ޕްރޮޓޮކޯލްގެ ދަށުންނެވެ.
ބޭރުން އަންނަ ހުރިހާ ދިވެހިން 14 ދުވަހަށް ކަރަންޓީނު ކުރުމަށް ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީން ނިންމީ ކޮރޯނާ ވައިރަސް ފެތުރުން ހުއްޓުމަށް އެޅި ފިޔަވަޅެއްގެ ގޮތުންނެވެ.
މިމީހުން މިއަދު ދޫކޮށްލާނެކަން ރޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު މަބްރޫކް އަޒީޒް އިއުލާނު ކުރެއްވިއެވެ. އަދި ކަރަންޓީނުން ދޫކުރާ މީހުން ބަލާ އެކަކަށްވުރެ ގިނަ މީހުން ނުދިއުމަށް މަބްރޫކް އިލްތިމާސް ކުރެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް