ދިވެހި ދައުލަތަށް ގިނަ ދުވަހު އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ފާތިމަތު ޖަމީލް އަވަހާރަވެއްޖެއެވެ.
ދައުލަތުގެ މީޑިއާއިން ރިޕޯޓްކޮށްފައިވާގޮތުގައި އެކަމާ އަވަހާރަވީ މިއަދުގެ ވަގުތެއްގައެވެ. އަވަހާރަވީ ކުއްލިއަކަށް ދިމާވި އާލާސްކަންފުޅަކަށް ފަރުވާ ހޯއްދެވުމަށް މިއަދު ހޮސްޕިޓަލަށް ގެންދެވި ފަރުވާ ދެމުން ދަނިކޮށެވެ.
ފާޠިމަތު ޖަމީލަކީ، ފަޟީލަތުއްޝައިޚުލްއުސްތާޛު މުޙައްމަދު ޖަމީލް ދީދީ ނުވަތަ ދިވެހިރާއްޖޭގެ ޖީލުލްއުސްތާޛުގެ ދޮށީ ދަރިކަނބަލުންނެވެ. ކުރީގެ ވަޒީރު ޒާހިޔާ ޒަރީރަކީ އެކަމަނާގެ ދަރިކަނބަލެކެވެ.
ފާތިމަތު ޖަމީލް ވަނީ ކުރިން ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަންވެސް ކުރައްވާފައެވެ. އެގޮތުން 1989 އިން 2000 އަށް ރައްޔިތުންގެ މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާގެ މެމްބަރުކަން ކުރެއްވިއެވެ. މީގެއިތުރުން އަންހެނުންގެ ކަންކަން ކުރިއަރުވައި ތަރައްޤީކުރުމަށް 1979ވަނަ އަހަރު ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫނު ޢަބްދުލްޤައްޔޫމު އުފެއްދެވި އަންހެނުންގެ ކޮމެޓީގެ އިސްވެރިޔާހެ މަޤާމާއި، ފަހުން އެކޮމެޓީއަށްއައި ބަދަލުތަކާއެކު 1993ވަނަ އަހަރު މިނިސްޓްރީ އޮފް ވިމެން އެފެއާޒް އުފެއްދެވުމާއި ހަމައަށް އެތަނުގެ ޑިރެކްޓަރ ޖެނަރަލްކަން ކުރެއްވި ބޭކަނބަލެކެވެ.
މީގެ އިތުރުން މިނިސްޓްރީ އޮފް ވިމެން އެފެއާޒްގެ ފުރަތަމާ ނާއިބަކީވެސް އެކަމަނާއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް