ކޯވިޑް-19ގެ މި ހާލަތުގައި އައިޑީ ކާޑު ނެތަސް، އައިޑީ ކާޑު ނަމްބަރަށް ބައްލަވައިގެން ޖޫން މަހުގެ ނިޔަލަށް ހިދުމަތް ފޯރުކޮށްދެވޭނެ ކަމުގައި ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަނުން ބުނެފިއެވެ.
އެ ޑިޕާޓްމެންޓުން މިކަން ހާމަކޮށްފައިވަނީ މިއަދު ނެރެފައިވާ އިއުލާނެއްގައެވެ.
އެ އިއުލާނުގައި ބުނެފައިވަނީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ސަރުކާރުން މުހިންމު ފިޔަވަޅުތަކެއް އަޅުވަމުން ގެންދަވާ މިދަނޑިވަޅުގައި އައިޑީކާޑު ހެދުމުގެ ޚިދުމަތް ވަނީ މެދުކަޑާލެވިފައި ކަމަށާއި މިގޮތުން، އައިޑީކާޑު ނެތުމުން، އައިޑީކާޑު މެދުވެރިކޮށް ދެވޭ އެކިއެކި ޚިދުމަތްތައް ނުލިބުމުގެ ޝަކުވާ ލިބިފައިވާތީ، އަންނަނިވި ގޮތަށް އަމަލުކުރުމަށް ހުރިހާ ފަރާތް ތަކަށް އަންގާ ކަމަށެވެ.
އެގޮތުން އަލަށް އުފަންވާ ކުއްޖެއް ނަމަ ނުވަތަ އައިޑީކާޑު ގެއްލިފައިވާނަމަ ނުވަތަ މުއްދަތު ހަމަވެފައިވާނަމަ، އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓް، ޑްރައިވިންގް ލައިސަންސް ނުވަތަ 2020 ޖެނުއަރީ 1 ވަނަ ދުވަހުގެ ފަހުން މުއްދަތު ހަމަވެފައިވާ އައިޑީ ކާޑު ނަންބަރަށް ބައްލަވައި ޚިދުމަތް ފޯރުކޮށްދެވޭނޭ ކަމަށާއި މިގޮތަށް އަމަލު ކުރަމުން ގެންދާނީ 2020 ޖޫން 30 ވަނަ ދުވަހުގެ ނިޔަލަށް ކަމުގައި ޑީއެންއާރުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް