ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލާފައިވާ މުއްދަތު އަނެއްކާވެސް އިތުރުކޮށްފި

މާލެ ސަރަހައްދުގެ މިސްކިތްތަކާއި ރިސޯޓުތަކުގައި، ޖަމާޢަތުގައި ނަމާދު އަދި ހުކުރު ކުރުން މެދުކަނޑާލާފައިވާ މުއްދަތު އަނެއްކާވެސް އިތުރުކޮށްފި އެވެ. އިސްލާމިކް މިނިސްޓްރީން ބުނީ އެ މުއްދަތު އޭޕްރިލް މަހ...

04 Apr 2020 | 10:17

މާލެ ސަރަހައްދުގެ މިސްކިތްތަކާއި ރިސޯޓުތަކުގައި، ޖަމާޢަތުގައި ނަމާދު އަދި ހުކުރު ކުރުން މެދުކަނޑާލާފައިވާ މުއްދަތު އަނެއްކާވެސް އިތުރުކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އެ މުއްދަތު އޭޕްރިލް މަހުގެ 11 ވަނަ ދުވަހުގެ އަސްރު ނަމާދާއި ހަމަޔަށް އިތުރުކޮށްފައިވާ ކަމަށެވެ. ޖަމާއަތުގައި ނަމާދު އަދި ހުކުރުނަމާދު ކުރުން މާލެ، ވިލިމާލެ އަދި ހުޅުމާލެއާއި ރިސޯޓުތަކުގައި މެދުކަނޑާލީ މިދިޔަ މަހުގެ18 ވަނަ ދުވަހު އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މުއްދަތު އިތުރު ކުރަން ނިންމީ ހާލަތައް ރިއާޔަތް ކޮށް ކަމަށެވެ.

މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު އަދި ހުކުރު ނަމާދު ނުކުރި ނަމަވެސް ފަރުޟު ފަސް ނަމާދަށް ބަންގި ގޮވާނެ ކަމަށެވެ. އަދި މިސްކިތްތައް ހުންނާނީ ހުޅުވާފައި ކަމަށާއި ގަވައިދުން މިސްކިތްތައް ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް ކުރާނެ އެވެ.

ބަންގި ގޮވާ ނިމުމަށް ފަހު ގޭގައި ނަމާދު ކުރުމަށް އަރަބި ބަހުންނާއި ދިވެހި ބަހުން އިމާމުން ގޮވާނެ ކަމަށް އިސްލާމިކް މިނިސްޓްރީ ބުނެ އެވެ.

މިގޮތަށް ނިންމީ ކޮރޯނާ ވައިރަސް އާއި ގުޅިގެން ގިނަ މީހުން އެއްތަނަކަށް އެއްވެ އުޅުން ރަނގަޅު ނޫންކަމަށް އެޗްޕީއޭއިން ބުނެފައިވާތީ އެވެ. މިގޮތަށް ނިންމީ ދީނީ އިލްމުވެރިންނާއި އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހުގެ މަޝްވަރާ އާއި އެކު ކަމަށް މިނިސްޓްރީން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް