ކޯވިޑް-19: ޖަލު ޑޮކްޓަރުންނާއި ނަރުހުން އަދި އޮފިސަރުންނަށް ތަމްރީނު ޕްރޮގްރާމެއް ހިންގައިފި

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ޖަލުތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ކޯވިޑް-19 އިން ރައްކާތެރިވުމާ ބެހޭގޮތުން ތަމްރީން ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފ...

04 Apr 2020 | 08:55

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ޖަލުތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ކޯވިޑް-19 އިން ރައްކާތެރިވުމާ ބެހޭގޮތުން ތަމްރީން ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

އިއްޔެ މާފުށީ ޖަލުގައި ކުރިޔަށް ގެންދިޔަ ޕްރޮގްރާމުގައި ޖަލުގެ މެޑިކަލް ޑޮކްޓަރުންނާއި ނަރުހުންގެ އިތުރުން ޕްރިޒަން އޮފިސަރުންނާއި މުވައްޒަފުން ހިމެނޭ ގޮތުން 40 މީހަކު ބައިވެރިވި ކަމަށް ކަރެކްޝަންސް ބުނިއެވެ.

ކަރެކްޝަންސް އިން ބުނީ އެ ތަމްރީން ޕްރޮގްރާމްގެ މަގްސަދަކީ އެ ސާވިސްގެ ބެލުމުގެ ދަށުގައިވާ ގައިދީންނާއި ބަންދުމީހުންނާއި އޮފިސަރުންނާއި މުވައްޒަފުންނަށް ކޯވިޑް-19 އާ ބެހޭ މައުލޫމާތު ހިއްސާކޮށް، އެކި ހާލަތްތަކުގައި އަމަލުކުރަންޖެހޭ ގޮތްތަކާއި އަޅަން ޖެހޭ ފިޔަވަޅުތަކުގެ މައުލޫމާތު ހިއްސާކުރުން ކަމަށެވެ.

އެގޮތުން ކޯވިޑް-19 އިން ރައްކާތެރިވުމަށް އަޅަން ޖެހޭ ފިޔަވަޅުތަކާއި އެއްވެސް ފަރާތެއްގެ ގައިން ބަލީގެ އަލާމަތްތައް ފެނިއްޖެ ހާލަތެއްގައި އަޅަންޖެހޭ ފިޔަވަޅުތަކާއި އެއްވެސް ފަރާތެއް އެ ވައިރަހަށް ޕޮޒިޓިވް ވެއްޖެ ހާލަތުގައި އަޅަންޖެހޭ ފިޔަވަޅުތައް ވަނީ ކިޔައިދީފައެވެ.

މީގެއިތުރުން ޕާސަނަލް ޕްރޮޓެކްޝަން އިކުއިޕްމަންޓް (ޕީޕީއީ) އަޅަންޖެހޭ ގޮތާއި ސާމްޕަލް ކަލެކްޓްކުރާނެ ގޮތްވެސް ވަނީ ބައިވެރިންނަށް ކިޔައިދީފައެވެ.

https://twitter.com/Corrections_Mv/status/1246057920959115265

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް