ގެދޮރު ހަދަން ލޯން ނަގާފައި ތިބި މީހުންގެ ކުއްޔަށް ދީފައި ހުންނަ އެޕާޓްމަންޓްތަކުގެ ކުލި ކުޑަ ކުރަން ޝަރުތު ކުރަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ތ. ގުރައިދޫ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ޑެޕިއުޓީ ލީޑަރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
ޣައްސާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި ދަނޑިވަޅުގައި ކޮމާޝަލް ބޭންކްތަކުން ގެދޮރު ހެދުމަށް ލޯން ނަގާފައި ހުރި ފަރާތްތަކަށް ކުލިތައް ކުޑަ ކުރަން ޝަރުތުކޮށް އިންޓަރެސްޓް ކުޑަކޮށްދީފި ނަމަ، އޭގެ ފައިދާ އާންމު ރައްޔިތުންނަށް ލިބޭނެ ކަމަށާއި އިގްތިސާދީ މާހިރުން ލަފާ ދެނީ އެގޮތަށް ކަމަށެވެ.
https://twitter.com/mgmaumoon/status/1246128892617752576
މާލެއަކީ ހުރިހާ ދިވެހިންގެ ރަށެއް ކަމާއި ކުލި ނުދައްކައިގެން ރަށްރަށަށް ދާން ޖެހުމަކީ ހައްލެއް ނޫން ކަމަށް ވެސް ޣައްސާންގެ ޓްވީޓްގައި ވިދާޅުވިއެވެ.
ގައުމީ ރޫހުގައި އެންމެން މަސައްކަތްކޮށްގެން ހައްލު ކުރުމުގެ ފެންވަރު މި ރާއްޖޭގައި އެބަހުރި ކަމަށް ޣައްސާން ވިދާޅުވިއެވެ.
https://twitter.com/mgmaumoon/status/1246116251811737600
ސަރުކާރުން މާލޭގެ ގެތަކުގެ ކުލި ކުޑަކުރުމާ މެދު ވިސްނަވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް