ޕްރިންސް ހެރީއާ މޭގަން އެމެރިކާއަށް ދިރިއުޅުން ބަދަލު ކުރުމުން ޓްރަމްޕްގެ އިންޒާރެއް!

އަމިއްލަ ފައިމައްޗަށް ތެދުވަން ކަމަށް ބުނެ އިނގިރޭސި ޝާހީ އާއިލާއިން ވަކިވެ އަމިއްލައަށް ދިރިއުޅުން ފަށާފައިވާ ޕްރިންސް ހެރީގެ ދެމަފިރިކަނބަލުން އެމެރިކާއަށް ދިރިއުޅުން ބަދަލު ކުރަން ނިންމުމާއި ގުޅިގެ...

04 Apr 2020 | 08:19

އަމިއްލަ ފައިމައްޗަށް ތެދުވަން ކަމަށް ބުނެ އިނގިރޭސި ޝާހީ އާއިލާއިން ވަކިވެ އަމިއްލައަށް ދިރިއުޅުން ފަށާފައިވާ ޕްރިންސް ހެރީގެ ދެމަފިރިކަނބަލުން އެމެރިކާއަށް ދިރިއުޅުން ބަދަލު ކުރަން ނިންމުމާއި ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަޕް ވަރުގަދަ އިންޒާރެއް ދެއްވައިފި އެވެ.

ޕްރިންސް ހެރީ އާއި މޭގަން މާކަލް އަދި ދަރިފުޅު އާޗީ ޝާހީ އާއިލާއިން ވަކިވާން ނިންމާ މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި ފުރަތަމަ ދިރިއުޅުން ބަދަލު ކުރީ ކެނެޑާއަށެވެ. ރަސްމީކޮށް ޝާހީ ޒިންމާތަކުން މިދިޔަ މަހުގެ31 ގައި ވަކިވި އިރު އެމީހުން ވަނީ ކެނެޑާ ދޫކޮށް އެމެރިކާއަށް ދިރިއުޅުން ބަދަލު ކުރަން ނިންމާފައި އެވެ.

މޭގަން އަކީ އެމެރިކާ ރައްޔިތެކެވެ. ކޯވިޑްް-19 އާއި ގުޅިގެން މުޅި ދުނިޔެ ބަލިމަޑުކަމެއްގެ ތެރޭގައި ވަނިކޮށް ދަނޑިވަޅު ބަލައި އެމެރިކާ ބޯޑަރުުތައް ބަންދު ކުރުމުގެ ކުރިން ދެމަފިރިން ވަނީ އެމެރިކާއަށް އެތެރެވެފައި އެވެ.

ޓްރަމްޕް ވިދާޅުވެފައިވަނީ ހެރީގެ އާއިލާއަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އެމެރިކާ ސަރުކާރަށް ސެކިއުރިޓީ ފޯރުކޮށްދެވިދާނެ ކަމަށެވެ. އެކަމަކު އެ ހިދުމަތަށް ފައިސާ ދައްކަން ޖެހޭނެކަން ހަނދާން ނައްތާލައިގެން ނުވާނެ ކަމަށެވެ.

މިގޮތަށް ޓްރަމްޕް ވިދާޅުވުމުގެ ކުރިން ހެރީ އާއި މޭގަން ވަނީ އެމެރިކާ ސަރުކާރުގެެ ސެކިއުރިޓީ ބޭނުން ނޫން ކަމަށް ބުނެފައި އެވެ. އެމީހުން ވަނީ އަމިއްލަ ކުންފުންޏަކުން ސެކިއުރިޓީގެ ކަންކަން ހަމަޖައްސާފައި އެވެ. ހެރީގެ އާއިލާ އެމެރިކާގައި ދިރިއުޅެން ނިންމާފައިވަނީ މޭގަންގެ އުފަން ސިޓީ ލޮސް އެންޖަލިސް ގައި އެވެ.

މޭގަން އާއި ހެރީ ކެނެޑާއަށް ދިރިއުޅުން ބަދަލު ކުރުމުންވެސް މި މައްސަލަ ޖެހުނެވެ.

ކެނެޑާ އަކީ ކޮމަންވެލްތުގެ ގައުމަކަށް ވާތީ އެގައުމުގެ ސަރުކާރުން ނިންމީ ޝާހީ ޒިންމާތަކުން ވަކިވަންދެން އެ ގައުމުގެ ސަރުކާރުން އެ ދެމަފިރިންނަށް ހިލޭ ސެކިއުރިޓީ ފޯރުކޮށްދޭށެވެ. އެކަމާ ކެނެޑާ ރައްޔިތުންގެ ތެރެއިން ގިނަ މީހުން ނުގަބޫލު ކަމަށް ހިޔާލު ހޯދުމުގެ ވޯޓަކުން ދައްކާފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް