އެމްޑަބްލިއުއެސްސީން ދެމުން ގެންދާ ބައެއް ހިދުމަތްތަށް ކައުންޓަރުތަކުން ދޭނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
ކޯވިޑް-19 އާއި ގުޅިގެން އިއުލާން ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އިތުރު ހަފްތާ އަށް ސަރުކާރު ބަންދު ކުރަން ވަނީ ނިންމާފަ އެވެ.
އެމްޑަބްލިއުއެސްސީން އެދިފައިވަނީ ކޯވިޑް-19 އާއި ގުޅިގެން އެ ކުންފުނީގެ ހިދުމަތްތައް އޮންލައިންކޮށް ހޯދުމަށެވެ.
އެކަމަކު މިއަދު އެ ކުންފުނިން ބުނީ މި ފެށޭ ހަފްތާގައި ހޯމަ، އަންގާރަ އަދި ބުދަ ދުވަހު އެ ކުންފުނީގެ ކަސްޓަމާ ސާވިސް ކައުންޓަރާއި ރިސެޕްޝަންގެ ހިދުމަތް ލިބޭނެ ކަމަށެވެ. އެ ދުވަސްތަކުގައި ހިދުމަތް ދޭން ހަމަޖެހިފައިވަނީ ހެނދުނު 09:00 އިން މެންދުރު 12:00 އަށް އަށެވެ.
ކައުންޓަރުތަކުން ޗެކް މެދުވެރިކޮށް ފެންބިލް ތަކަށް ފައިސާ ދެއްކޭނެ އެވެ. އަދި ސިޓީ އާއި އިންވޮއިސް އަދި އެހެނިހެން ލިޔެކިޔުންތަށް ބަލައިގަތުމާއި ހުށަހަޅާފައިވާ އިންވޮއިސް ތަކަށް ހަމަޖެހިފައިވާ އުސޫލުން ޕޭމަންޓް ދޫކުރުން ކުރިޔަށް ދާނެ އެވެ. މީގެއިތުރުން މި ދުވަސް ތަކުގައި އަތޮޅުތެރޭގައި ހުންނަ އެ ކކުންފުނީގެ އޮފީސްތައްވެސް ހުޅުވނެ ކަމަށެވެ.
އެމްޑަބްލިއުއެސްސީގެ މުވައްޒަފުންނާއި ކަސްޓަމަރުން ބޭރުގައި އުޅުން މަދުކުރުމަށް އަޅާފިޔަވަޅެއްގެ ގޮތުން ބިލަށް އަރާ އަދަދާއި ބިލަށް ފައިސާ ދެއްކުމަށް ކުންފުނީގެ މޯބައިލް އެޕްލިކޭޝަން ބޭނުން ކުރަން އެ ކުން ފުނިން އިލްތިމާސް ކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް