އިންޑިއާ އިން ރާއްޖެ އަށް ފިޔައާއި ބިސް ހިފައިގެން ދަތުރު ކުރި ބޯޓެއްގެ އިންޖީނުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
އެމްއެންޑީއެފުން ބުނީ އިންޑިއާ އިން ފިޔާ އަދި ބިސް ހިފައިގެން ރާއްޖެ ދަތުރުކުރި މުދާ އުފުލާ ބޯޓު "އެމްވީ ވީބީ ޕްރޮގްރެސް" ގެ އިންޖީނުގައި ރޭ އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަމަށެވެ.
އެމްއެންޑީއެފުން ބުނީ އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުލިބޭ ކަމަށާއި ބޯޓުގައި ތިބީ އިންޑިއާގެ 11 މީހުން ކަމަށެވެ.
ބޯޓުގެ ފަޅުވެރިން ބޯޓުގެ އިންޖީނު ހެދުމަށް ފަހު، މިހާރު ބޯޓް ރާއްޖެ އަށް ދަތުރު ކުރަމުން އަންނަ ކަމަށާއި އެ ބޯޓަށް މާލޭ ބަނދަރަށް ވަދެވޭނެ ކަމަށް ލަފާކުރެވެނީ މިއަދު މެންދުރު ފަހު، 15:00 އެހާކަންހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ ރިޕޯޓު ކޯސްޓްގާޑަށް ލިބިފައިވަނީ ރޭ 00:30 ހާއިރު ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް