ރާއްޖޭގައި ތައުލީމު ދޭ ހުރިހާ ތަނެއް އެއް ހަފްތާއަށް ބަންދު ކުރަން އަންގައިފި

ރާއްޖޭގައި ތައުލީމު ދޭ ހުރިހާ ތަނެއް އެއް ހަފްތާއަށް ބަންދު ކުރަން އަންގައިފި އެވެ. ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ އެޗްޕީއޭއިން ނެރެފައިވާ އެންގުމެއްގައި ބުނެ...

04 Apr 2020 | 06:23

ރާއްޖޭގައި ތައުލީމު ދޭ ހުރިހާ ތަނެއް އެއް ހަފްތާއަށް ބަންދު ކުރަން އަންގައިފި އެވެ.

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ އެޗްޕީއޭއިން ނެރެފައިވާ އެންގުމެއްގައި ބުނެފައިވަނީ ސްކޫލްތަކާއި ކޮލެޖު، ޔުނިވާސިޓީތަކުގެ އިތުރުން ޓިއުޝަން ކްލާސްތަކާއި ޤުރުއާން ކްލާސްތައް ވަގުތީ ގޮތުން ބަންދު ކުރަން އަންގާ ކަމަށެވެ. މީގެ ތެރޭގައި ތަމްރީން ދޭ މަރުކަޒުތަކާއި އެހެނިހެން ތައުލީމު ދޭ ކްލާސްތައް ކަމަށްވާ ގޭގެއަށް ގޮސް ޓިއުޝަން ދިނުންވެސް ހިމެނެ އެވެ.

މި އެންގުމަށް އަމަލު ކުރަން ޖެހެނީ މާދަމާއިން ފެށިގެން އެއް ހަފްތާގެ މުއްދަށެވެ.

މި އެންގުން އަންގާފައިވަނީ އާންމު ސިއްހަތު ރާއްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން އިއުލާނު ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދޭ ބާރުގެ ދަށުންނެވެ. މި އެންގުމާއި އެއްގޮތަށް އަމަލު ކުރުމަށް ކަމާ ބެހޭ ހުރިހާ ފަރާތްތަކަށް އަންގާފައިވާއިރު އަމަލު ކުރޭތޯ ބެލުމަށްވެސް ކަމާ ބެހޭ ފަރާތްތަކަށް އަންގާފައިވެ އެވެ.

މިގޮތަށް އެންގި ނަމަވެސް މުއްދަތު ހަމަ ނުވަނީސް އެންގުމަށް ބަދަލު ގެނައުމުގެ ބާރު ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތައް ލިބިގެންވާ ކަމަށް ބުނެފައިވެ އެވެ.

ތައުލީމުދޭ ތަންތަން ބަންދު ކުރަން އެންގިއިރު މި ފެށޭ ހަފްތާވެސް ސަރުކާރު އޮފީސްތައް ބަންދު ކުރުމަށް ސަރުކާރުން ވަނީ ނިންމާފައި އެވެ.

މި ފިޔަވަޅުތައް އަޅަނީ ނުރައްކާތެރި ކޯވިޑް-19 ރާއްޖެއަށް ފެތުރުމުގެ ފުރުސަތު ނުދިނުމަށް އަޅާ ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް