ލޭ ހަދިޔާ ކޮށްދެއްވާ، އެންމެ ބޭނުން ވަނީ "އޯ އަދި ބީ ނެގެޓިވް" ލޭ

ކޯވިޑް-19 އާއި ގުޅިގެން ތެލަސީމިއާ ކުދިންނަށް ލޭ ލިބުމުގައި ދިމާވެފައިވާ ދަތިކަމަށް ހައްލުހޯދައި ދިނުމަށް ގިނަ ބަޔަކު ލޭ ހަދިޔާކޮށްދިނުމަށް މޯލްޑިވްސް ބްލަޑް ސާވިސްއިން އަނެއްކާވެސް އެދެފި އެވެ. ލޭ ލި...

04 Apr 2020 | 03:10

ކޯވިޑް-19 އާއި ގުޅިގެން ތެލަސީމިއާ ކުދިންނަށް ލޭ ލިބުމުގައި ދިމާވެފައިވާ ދަތިކަމަށް ހައްލުހޯދައި ދިނުމަށް ގިނަ ބަޔަކު ލޭ ހަދިޔާކޮށްދިނުމަށް މޯލްޑިވްސް ބްލަޑް ސާވިސްއިން އަނެއްކާވެސް އެދެފި އެވެ.

ލޭ ލިބުން ދަތިވެފައިވާތީ މިއަދުން ފެށިގެން މި ހަފްތާގެ ކޮންމެ ދުވަހަކު ތެލަސީމިއާ ސެންޓަރުގައި ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް ކުރިޔަށް ގެންދާނެ އެވެ. މި ޕްރޮގްރާމް ކުރިޔަށް ދާނީ ހެނދުނު10:00 އިން މެންދުރު ފަހު3:00 އަށެވެ.

އެ ސާވިސްއަށް އެންމެ ބޭނުންވަނީ އޯ އަދި ބީ ނެގެޓިވް ލޭ އެވެ. އިތުރު ލޭގެ ގްރޫޕުތައްވެސް ބޭނުންވާ ކަމަށާއި ރަނގަޅު ސިއްހަތުގައި ތިބި މީހުން މިކަމަށް އިސްނަގާ ލޭ ހަދިޔާކޮށްދިނުމަށް އެ ސާވިސްއިން އެދެ އެވެ.

މިދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ގިނަ ބަޔަކު އަދި ބައެއް ޖަމިއްޔާތަކާއި ސިޔާސީ ޕާޓީތަކުން ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމްތައް ކުރިޔަށް ގެންގޮސްފައިވެ އެވެ.

ތެލަސީމިއާ ސެންޓަރަށް އެންމެ ގިނައިން ލޭ ހަދިޔާ ކުރަނީ ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނެވެ. އަދި ރިސޯޓުތަކުގައި ވަރަށް ގިނައިން ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމްތައް ހިންގައެވެ.

ކޯވިޑް-19 އާއި ގުޅިގެން ލޭ ލިބުމުގައި ދަތިކަމާ ކުރިމަތިލާން ޖެހިފައިވަނީ ރިސޯޓުތަކުގައި ތިބި މުވައްޒަފުން މީހުން ދިރިއުޅޭ ރަށްރަށަށް އެރުން މަނާ ކުރުމާއި ގުޅިގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް