ރާއްޖެއިން ބޭރުން ބޭހެއް ގެންނަން ބޭނުން ނަމަ އެސްޓީއޯއަށް ދޭ: މަބްރޫކް

ދިގު މުއްދަތަކަށް ބޭސް ބޭނުން ކުރާ ފަރާތްތަކުން ރާއްޖެއިން ބޭރުން ގެންނަން ޖެހޭ ބޭސް އެސްޓީއޯ މެދުވެރިކޮށް ގެނެވޭނެ ކަމަށް ކޯވިޑް-19 ގެ ތަރުޖަމާނު މަބްރޫކް އަޒިޒު ވިދާޅުވެއްޖެ އެވެ. މި ހިދުމަތް ދޭނީ އ...

04 Apr 2020 | 02:28

ދިގު މުއްދަތަކަށް ބޭސް ބޭނުން ކުރާ ފަރާތްތަކުން ރާއްޖެއިން ބޭރުން ގެންނަން ޖެހޭ ބޭސް އެސްޓީއޯ މެދުވެރިކޮށް ގެނެވޭނެ ކަމަށް ކޯވިޑް-19 ގެ ތަރުޖަމާނު މަބްރޫކް އަޒިޒު ވިދާޅުވެއްޖެ އެވެ.

މި ހިދުމަތް ދޭނީ އެސްޓީއޯ ހެންވޭރު ފާމަސީންނެވެ. ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މަބްރޫކް ވިދާޅުވީ ބޭސް ގަންނަން ބޭނުންވާ ފަރާތްތަކުން ކުރީގެ ބޭސް ސިޓީ ހިފައިގެން ދިއުމުން އެ ބޭހެއް ރާއްޖެއިން ބޭރުން ގެނެވޭނެ އަގު އެސްޓީއޯއިން ބަލައި އެ މައުލުމާތު ގަންނަން ބޭނުންވާ ފަރާތަކާއި ހިއްސާ ކުރާނެ ކަމަށެވެ.

މަބްރޫކް ވިދާޅުވީ ބޭރުން ގެންނަން ޖެހޭ ބޭހަކީ އާސަންދަ ނުވަތަ އެންސްޕާގެ ދަށުން ލިބޭ ބޭހެއް ނަމަ އެސްޓީއޯ އިން ދޭ ކޯޓޭޝަން ހިފައިގެން އެތަނަށް ގޮސް ފައިސާ ހަމަޖެއްްސުމުން އެ ބޭސް ގެނެވޭނެ ގޮތް ހަމަޖެހޭނެ ކަމަށެވެ.

ދިގު މުއްދަތަކަށް ބޭސް ބޭނުން ކުރާ ފަރާތްތަކަށް ހޮސްޕިޓަލަށް ނުގޮސް ބޭސް ސިޓީ އާކުރެވޭނެ އިންތިޒާމް އައިޖީއެމްއެޗުން ވަނި ހަމަޖައްސައިދީފަ އެވެ.

ކޯވިޑް-19 އާއި ގުޅިގެން ދުނިޔޭގެ ގިނަ ގައުމުތަކެއް ބަންދުކޮށް ވައިގެ ދަތުރުތައް ހުއްޓާލާފައިވާތީ ރާއްޖެއިން ބޭރުން އެއްޗެއް ގެނައުމަކީ މި ދުވަސް ވަރު ވަރަށޤ ދަތި ކަމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް