ކޯވިޑް-19: މޯލްޑިވިއަނުން ކާގޯ ފްލައިޓްގައި ދުބާއީން ތަރުކާރީއާއި މޭވާ ރާއްޖެ ގެނެސްފި

ކޯވިޑް-19 ނުވަތަ ކޮރޯނާވައިރަސްގެ މި ހާލަތުގައި މޯލްޑިވިއަނުން ފަށާފައިވާއިރު ކާގޯ ދަތުރުތަކުގައި ދުބާއީން ގިނަ އަދަދެއްގެ މޭވާ އާއި ތަރުކާރީ ރާއްޖެ ގެނެސްފިއެވެ. އެގޮތުން މޯލްޑިވިއަނުން މިރޭ ބުނެފައި...

03 Apr 2020 | 22:01

ކޯވިޑް-19 ނުވަތަ ކޮރޯނާވައިރަސްގެ މި ހާލަތުގައި މޯލްޑިވިއަނުން ފަށާފައިވާއިރު ކާގޯ ދަތުރުތަކުގައި ދުބާއީން ގިނަ އަދަދެއްގެ މޭވާ އާއި ތަރުކާރީ ރާއްޖެ ގެނެސްފިއެވެ.

އެގޮތުން މޯލްޑިވިއަނުން މިރޭ ބުނެފައިވާގޮތުގައި ދުބާއީން ވަނީ ހަ ޓަނުގެ މުދާ ރާއްޖެއަށް ގެނެސްފައެވެ. އޭގައި މައިގަނޑުގޮތެއްގައި ހިމެނެނީ ތަރުކާރީ އާއި މޭވާ ކަމުގައި މޯލްޑިވިއަނުން ބުނެފައިވެއެވެ.

މި ހާލަތުގައި މޯލްޑިވިއަނުން ފަށާފައިވާ ކާގޯ ފްލައިޓްތަކުގެ ފުރަތަމަ ދަތުރުކޮށްފައިވަނީ ސްރީލަންކާއަށެވެ. ސްރީލަންކާއިން ގެނައި މުދާތަކުގެ ތެރޭގައި ތަރުކާރީއާއި މޭވާގެ އިތުރުން ސިއްހީ ބައެއް ސާމާނު ހިމެނެއެވެ.

https://twitter.com/MaldivianAero/status/1246151105727197184

މޯލްޑިވިއަންގެ ފްލައިޓްތަކުގައި ރާއްޖެއަށް ބޭރުން މުދާ ގެނައުމުގެ ފުރުސަތު ވިޔަފާރިވެރިންނަށް މޯލްޑިވިއަނުން ހުޅުވާލާފައިވާއިރު ފަސް މަންޒިލަކަށް ކާގޯ ފްލައިޓްތައް ދަތުރުކުރާނެކަން މޯލްޑިވިއަނުން ވަނީ އިއުލާނުކޮށްފައެވެ.

އެ ފަސް މަންޒިލަކީ ކޮލޮމްބޯ، ޓްރިވެންޑްރަމް، ޗެންނާއީ، ބެންކޮކް އަދި ދުބާއީއެވެ.

ވިޔަފާރިވެރިންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން މޯލްޑިވިއަނުން ފަށާފައިމިވާ ޗާޓަރު ކާގޯ ފްލައިޓް ދަތުރުތަކަށް ލިބެމުން އަންނަ ތަރުހީބަށް ބަލައި އިތުރު މަންޒިލްތަކަށް ކާގޯ ދަތުރުތައް ކުރުމަށް ނިންމާފައިވާކަމުގައި މޯލްޑިވިއަނުން ބުނެއެވެ. މިފަދަ ދަތުރުތަކެއް ކުރަން މޯލްޑިވިއަނުން ނިންމާފައިމިވަނީ ކޯވިޑް-19 އާއި ގުޅިގެން ގިނަ އެއާލައިންތައް ހުއްޓުމަކަށް އައިސްފައިވާ ދަނޑިވަޅެއްގައިކަން ފާހަގަކޮށްލަން ޖެހެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް