ސްޓެލްކޯގެ އެމްޑީ ހުސެއިން ފަހުމީ - ފޮޓޯ: ސްޓެލްކޯ
ދެ ބިލު ފޮނުވުމުގެ ބޭނުމަކީ ސަރުކާރުން ދޭން
ނިންމި ޑިސްކައުންޓް އެ ބިލުގައި ހިމެނުމަށް ކަމުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު
ހުސެއިން ފަހުމީ ވިދާޅުވެއްޖެއެވެ.
ކަސްޓަމަރުންގެ ފައިދާއަށް ކުރި ކަމެއްކަން
ފާހަގަކުރައްވަމުން އެމްޑީ ވިދާޅުވެފައިވަނީ އެއީ އެއް ޔޫޒޭޖަކަށް ކުރާ ބިލެއް
ނޫން ކަމަށާއިބިލްތަކުގެ ރީޑިންގ ނެގި ތާރީހުތައް ބިލުން ފެންނަން ހުންނާނެ
ކަމަށެވެ.
"މި ފޮނުވާފައިވާ ބިލަކީ މީގެ ކުރިން
ސްޓެލްކޯގެ ބިލިންގް ސައިކަލްގައި ހިމެނޭ ރީޑިން ނެގުމަށްފަހު ބިލް ޑެލިވަރ
ކުރުމުގައި އުޅޭ 20 ނުވަތަ 25 ދުވަހުގެ ޑިލޭގެ ބެކްލޮގް ފިލުވާލުމަށް ފޮނުވާ ބިލެއް"
އެމްޑީ ވިދާޅުވެފައިވެއެވެ.
ނިމިދިޔަ މަހު ސްޓެލްކޯއިން އެންމެ ފުރަތަމަ ފޮނުވީ
ޖަނަވަރީ މަހުގެ ކަރަންޓު ބިލެވެ. އެއީ ގާތްގަނޑަކަށް ޖަނަވަރީ ނުވަޔަކުން 10
އަކަށް ތައްޔާރުކޮށްފައިވާ 32 ދުވަހުގެ ބިލެކެވެ. އެއަށްފަހު މިދިޔަ މަހުގެ 10
އިން 27 އަށް ހަދާފައިވާ ބިލެއްވެސް ފޮނުވިއެވެ.
ފަހުމީ ވިދާޅުވިގޮތުގައި އެގޮތަށް ބިލު ފޮނުވުމުގެ
މަގުސަދަކީ މި ރޯދަމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ނިމެންދެން އެއް ބިލެއްގެ
ގޮތުގައި މުޅި ރޯދަމަހުގެ ޔޫސޭޖަށް ބިލެއް ތައްޔާރުކޮށް، ސަރުކާރުން ދޭން
ނިންމާފައިވާ ޑިސްކައުންޓް އެ ބިލުގައި ހިމެނުމެވެ.
ބެކްލޮގާއެކު އެ ބިލު ފޮނުވުވާނަމަ ޑިސްކައުންޓް
ދޭން ޖެހޭނީ ރޯދައިގެ ޔޫޒޭޖްގެ އެއްބަޔަށް ކަމަށްވުމުން އެ ބަދަލު
ގެނެސްފައިއެވަނީ ޑިސްކައުންޓްގެ ފައިދާ އެންމެ ފުރިހަމަ ގޮތުގައި ކަސްޓަމަރުންނަށް
ހޯދައިދިނުމަށްކަމަށްވެސް ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް