އިތުރު ނުވަ މީހުންނާ އެކު ބާރަށުން ޕޮސިޓިވްވި އަދަދު 22 އަށް

ހއ. ބާރަށުން ކޯވިޑް-19 އަށް ޕޮސިޓިވްވި އަދަދު 22 އަށް އަރައިފި އެވެ. ބާރަށުން ފުރަތަމަ ޕޮސިޓިވް ކޭސްއެއް ފެނިފައިވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހު ހޯމް ކަރަންޓީން ފުރިހަމަ ކުރި މީހަކު ކޯވިޑަށް ޕޮސިޓިވ...

04 Mar 2021 | 17:50

ހއ. ބާރަށުން ކޯވިޑް-19 އަށް ޕޮސިޓިވްވި އަދަދު 22 އަށް އަރައިފި އެވެ.

ބާރަށުން ފުރަތަމަ ޕޮސިޓިވް ކޭސްއެއް ފެނިފައިވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހު ހޯމް ކަރަންޓީން ފުރިހަމަ ކުރި މީހަކު ކޯވިޑަށް ޕޮސިޓިވްވުމުންނެވެ. ރަށު ތެރެއަށް ބަލި ފެތުރުނީ އެމީހާ ކަރަންޓީން އުސޫލާއި ހިލާފުވުމުންނެވެ.

އެޗްއީއޯސީން ބުނީ އެ ރަށުން އިއްޔެ 150 ރެންޑަމް ސާމްޕަލް ނަގާފައިވާ ކަމަށެވެ. އޭގެތެރެއިން ނުވަ މީހަކު ޕޮސިޓިވްވެފައިވާ ކަމަށެވެ.

އެމީހުންގެ ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް މިހާރު ވަނީ ފަށާފަ އެވެ.

މިދިޔަ އަންގާރަ ދުވަހުވެސް އެ ރަށުން ހަތަރު މީހަކު ޕޮސިޓިވްވެފައި ވެ އެވެ.

އެޗްއީއޯސީން ބުނީ ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް އަދިވެސް ބާރަށުގަ ކުރިޔަށްދާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް